ޖޭމްސް ކެމެރަންސްގެ ފިލްމް، "އެވެޓާރ - ދަ ވޭ އޮފް ވޯޓާ" ނެރެފައިވަނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު

މުނިފޫހިފިލުވުން

އެވެޓާރ، މަހެއްހާ ދުވަސްތެރޭގައި 2 ބިލިއަން ޑޮލަރު ހޯދައިފި

އަލީ އަޒްޔަން - ދުނިޔެ | 23 ޖެނުއަރީ 2023 , ހޯމަ 08:47   242

ޖޭމްސް ކެމެރަންސްގެ ފިލްމް، "އެވެޓާރ - ދަ ވޭ އޮފް ވޯޓާ" ގާތްގަނޑަކަށް މަހެއްހާ ދުވަސްތެރޭގައި 2 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ ޢާމްދަނީއެއް ހޯދައިފިއެވެ.

މިއީ ޑިޒްނީ ގެ ފިލްމެކެވެ. މިއީ ޖުރެސިކް ޕާކް ފަދަ މަޤްބޫލް ފިލްމްތައް އުފައްދާފައިވާ ކުޅަދާނަ ޑައިރެކްޓަރ ޖޭމްސް ކެމެރަންގެ ފިލްމެކެވެ. މިފިލްމް ފުރަތަމަ ފަހަރަށް ތިއޭޓަރުތަކުގައި އަޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ.

މިފިލްމަށް މިހާ ހިސާބަށް މިދެވުނީ، ނެރުނު ހިސާބުން ފެށިގެން މިއަދާއި ހަމައަށް މިވީ 6 ހަފްތާ ބަންދުގައި ވެސް ބޮކްސްއޮފީހުގެ އެންމެ ކުރީގައި އޮވެގެންނެވެ.

މިހާތަނަށް މިފަދަ ބޮޑު ޢާމްދަނީއެއް ހޯދިފައިވަނީ މަދު ފިލްމްތަކަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޓައިޓޭނިކް އަދި ސްޓާވޯސްގެ 7 ވަނަ އެޕިސޯޑެވެ.

ޓެގްސް: ހޮޅިވުޑް ބޮކްސްއޮފީސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.