ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ

ދުނިޔެ

ޔޫކްރޭން ހަނގުރާމަ: ޒެލެންސްކީ ބޭނުންވަނީ ސުލްހައިގެ ވާހަކަތައް ޗައިނާގެ ޝީ ޖިންޕިންގް އާއިއެކު ފަށަން

އަލީ އަޒްޔަން - ދުނިޔެ | 25 ފެބުރުއަރީ 2023 , ހޮނިހިރު 08:54   137

ޔޫކްރޭންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބެއިޖިން އިން ހުށަހެޅި ހުށަހެޅުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޗައިނާގެ ލީޑަރު ޝީ ޖިންޕިންއާއިއެކު ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ރަޝިޔާއިން އަރައިގަތުމުގެ ފުރަތަމަ އަހަރީ ދުވަހާއި ގުޅުގައިގެން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މި ހުށަހެޅުމަކީ ސުލްހަ ހޯދުމުގެ މަސައްކަތުގައި ޗައިނާ ބައިވެރިވާ ކަމުގެ އިޝާރާތެއް ކަމަށެވެ.

އަދި ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްނުދޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ޕްލޭންގައި ގޮވާލާފައިވަނީ ސުލްހައިގެ މަޝްވަރާތަކާއި ޤައުމީ އިސްތިޤްލާލަށް އިޙްތިރާމް ކުރުމަށެވެ.

ޒެލެންސްކީ ޝީއާއެކު ސަމިޓެއް ބާއްވަން ގޮވާލެއްވި ގޮވާލެއްވުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އިޖާބައެއް ދީފައިނުވެއެވެ.

މީގެ އިތުރުން ރަޝިޔާއިން ވަނީ ޗައިނާގެ ސުލްހައިގެ ހުށަހެޅުންތަކަށް ތައުރީފުކޮށްފަ އެވެ. މޮސްކޯގައި ހުންނަ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބެއިޖިންގެ ވިސްނުން އަޅުގަނޑުމެން ހިއްސާކުރަމެވެ.

މި ހަފްތާގެ ކުރީކޮޅު އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ވިދާޅުވީ ބެއިޖިން އިން ރަޝިޔާއަށް ހަތިޔާރާއި ވަޒަން ފޯރުކޮށްދިނުމަށް ވިސްނަމުންދާ ކަމަށާއި ނަމަވެސް އެއީ ބެއިޖިން އިން ވަރަށް ބޮޑަށް ދޮގުކުރާ ވާހަކައެއް ކަމަށެވެ. ހުކުރު ދުވަހު އެމެރިކާގެ މީޑިއާތަކުން އަނެއްކާވެސް ރިޕޯޓްކޮށްފައިވަނީ ޗައިނާ ސަރުކާރުން މޮސްކޯއަށް ޑްރޯންތަކާއި އާޓިލަރީ ޝެލްތައް ފޮނުވުމަށް ވިސްނަމުންދާ ކަމަށެވެ.

ޗައިނާގެ ޕްލޭނާ ބެހޭ ގޮތުން ސުވާލު ކުރުމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުކުރު ދުވަހު އޭބީސީ ނިއުސް އަށް ވިދާޅުވީ "[ރަޝިޔާގެ ރައީސް ވްލަޑިމިއާ] ޕޫޓިން އެކަމަށް އަތްތިލަބަޑި ޖަހާ، އެހެންވީމަ އެކަން ރަނގަޅުވާނީ ކިނަކުން؟" ތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

"ރަޝިޔާ ނޫން އެހެން މީހަކަށް ފައިދާ ކުރާނެ ކަމެއް އޮތްކަން އަންގައިދޭ އެއްވެސް ކަމެއް ޕްލޭންގައި ނުފެނޭ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ރަޝިއާ ޔޫކްރޭން ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕްގައި ހިނގާ އެންމެ ބޮޑު ހަމަނުޖެހުމެވެ.

ޓެގްސް: ރަޝިއާ ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.