ބޮލާ ޓިނޫބޫ، މިދިޔަ ހަފްތާގައި ވެރިރަށް ލަގޯސްގައި ވޯޓު ލުމުގެ ކުރިން ވޯޓުލާ މަރުކަޒަކަށް ވަޑައިގެން

ދުނިޔެ

ނައިޖީރިއާގެ އިންތިޚާބު ވެރިކަންކުރާ ޕާޓީން ކާމިޔާބުކޮށްފި

އަލީ އަޒްޔަން - އެފްރުކާ | 1 މާރޗް 2023 , ބުދަ 10:17   141

ނައިޖީރިއާގެ ރިޔާސީ އިންތިހާބާއި ގުޅިގެން ދެބަސްވުންއުފެދި ހަލަބޮލިވެފައިވާއިރު، އިންތިހާބު ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް ބޯލާ ޓިނޫބޫ ކަމަށް އިޢްލާންކޮށްފިއެވެ.

އުމުރުން 70 އަހަރުގެ ދުވަސްވީ ސިޔާސީ ވެރިޔާ އަށް ލިބުނީ 36 އިންސައްތަ ވޯޓް ކަމަށް ރަސްމީ ނަތީޖާތަކުން ދައްކައެވެ.

އޭނާގެ ބޮޑު ވާދަވެރިޔާ އާތިކު އަބޫބަކުރު 29 އިންސައްތަ ވޯޓު ހޯދާފައިވާއިރު، ލޭބާ ޕާޓީގެ ޕީޓާ އޮބީ 25 އިންސައްތަ ވޯޓު ހޯދާފައިވެއެވެ. އެމީހުންގެ ޕާޓީތަކުން ވަނީ މީގެ ކުރިން ވޯޓުލުން ބާތިލްކޮށް، ދޮގު ވޯޓެއް ކަމަށް ބުނެ، އަލުން އިންތިހާބު ބާއްވަން އަޑުއުފުލާފައެވެ.

ޓިނޫބޫ އަކީ ނައިޖީރިއާގެ އެންމެ މުއްސަނދި އެއް ސިޔާސީ ބޭފުޅާއެވެ. އޭނާގެ ކެމްޕޭން ބިނާކުރެއްވީ އޭނާ ކުރިން ގަވަރުނަރުކަން ކުރެއްވި އެންމެ ބޮޑު ސިޓީ ލަގޯސް އަލުން ބިނާކުރުމުގެ މަސައްކަތަށެވެ.

އެހެންނަމަވެސް ވެރިރަށުގައި އޭނާ ވަނީ ބަލިވެފައެވެ.

ޓިނޫބޫ ކާމިޔާބު ހޯއްދެވީ އޭނާގެ އުފަން ސަރަހައްދުގެ ހުޅަނގު ދެކުނު ސަރަހައްދުތަކުންނެވެ.

އޭނާ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވީ "މިއީ އަހަރެންގެ ނަންބަރު" މި ޝިއާރުގައެވެ.

ޓެގްސް: އެފްރިކާ ބައްރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.