ޖަސްޓިން ބީބާ އަދި ހެއިލީ ބީބާ، މިފަހުން ސިއްޙީ ބިރުވެރިކަމެއްގެ ތެރެއިން ވެސް އެކުގައި އުޅުނު

މުނިފޫހިފިލުވުން

ޖަސްޓިން ބީބާ އޭނާގެ އަންހެނުންގެ ބަލި ޙާލަތުގެ ވާހަކަ ދައްކައިފި

އަލީ އަޒްޔަން - އެމެރިކާ | 19 މާރޗް 2022 , ހޮނިހިރު 06:55   353

ކެނެޑާ އަށް އުފަން ލަވަ-ކިޔުންތެރިޔާ އަދި ލަވަ-ލިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ އަންހެނުން ހެއިލީ ތަހައްމަލު ކުރަމުން ދިޔަ ސިއްހީ ނުރައްކަލާއި ގުޅޭގޮތުން ވާހަކަ ދައްކައިފިއެވެ.

މިފަހުން ޑެންވާ [އެމެރިކާ] ގައި ބޭއްވި ޝޯވ އެއް ނިންމާލަމުން، ސޯޝަލް މީޑީއާ ގައި ޙިއްސާކޮށްފައިވާ ވީޑިއޯގައި އޭނާ ބުނެފައިވަނީ "ޙަޔާތުގައި ދޭތެރެއަކުން އަހަރުމެންނާއި ދިމާލަށް ވައް ބޯޅަ އާދޭ" އަދި އިތުރަށް ބުނީ "އަސްލު ހަޤީގަތުގައި އަހަރުމެންނަކަށް މާގިނަކަންކަން ކޮންޓްރޯލްކޮށެއް ނެހެދޭ".

ބީބާ ބުނެފައިވަނީ ވަރަށް ގިނަ މީހުން އޭނާގެ އަންހެނުން ބްލަޑް ކްލޮޓެއް ޖެހި ވޭން ތަޙައްމަލު ކުރާތީ އެވާހަކަ ދައްކާ ކަމަށާއި، އެކަމަކު މިހާރު ޙާލަތު ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި ހެއިލީ ހުރީ ވަރަށް ހިތްވަރު ގަދަކޮށް ކަމަށެވެ.

"ބިރު ވެރި ކަމެއް. އެހެނަސް ދުޢާ ކުރަނީ ރަނގަޅުގޮތް ވާނެ ކަމަށް" އޭނާ ބުންޏެވެ.

ބީބާ އާއި ހެއިލީ އެންގޭޖްވީ 2018 ވަނަ އަހަރު ކުރީކޮޅު ނިއުޔޯކުގައެވެ. އަދި ކައިވެނި ކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުނު ރަސްމިއްޔާތެއްގައި، ޢާއިލާ އާއި ރައްޓެހިންނާއި އެކު ސައުތު ކެރޮލައިނާ ގެ ލަގްޒަރީ ރިސޯޓެއްގައެވެ.

ބީބާ އޭނާގެ ކެރިއަރުގައި 150 މިލިއަނަށް ވުރެ ގިނަ ރެކޯޑު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކައިފައެވެ. އޭނާ ވެފައިވަނީ ދުނިޔޭގެ އެންމެ ގިނަ ލަވަ ރިކޯރޑިންގްސް ވިއްކި އެކަކަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.