ފަރަންސޭސި ރައީސް މެކްރޮން ހުށަހަޅުއްވާފައިވަނީ ރިޓަޔަރމެންޓް އުމުރު މަތިކުރުމަށް

ދުނިޔެ

ފްރާންސްގެ ޕެންޝަން އިސްލާހު: މެކްރޮންގެ ސަރުކާރަށް އިތުބާރު ނެތްކަމުގެ ވޯޓެއް!

އަލީ އަޒްޔަން - ޔޫރަޕް | 20 މާރޗް 2023 , ހޯމަ 20:30   163

ފްރާންސް ސަރުކާރުގެ އިތުބާރު ނެތްކަމުގެ ދެ ވޯޓަކާއި ހޯމަ ދުވަހު ކުރިމަތިލާން ޖެހޭއިރު، ޕެންޝަން އިސްލާހުގެ މައްސަލަތައް ކުރިއަށް އެބަދެއެވެ.

ބޮޑުވަޒީރު އެލިޒަބަތު ބޯން ވަނީ މިދިޔަ ހަފްތާގައި ވޯޓެއް ނެތި ބިލް ކުރިއަށް ގެންދިއުމަށް ދުސްތޫރީ މާއްދާ 49:3 ބޭނުން ކުރައްވާފަ އެވެ.

މިއާއި ގުޅިގެން ފަރަންސޭސިވިލާތުގެ އެތައް ހާސް ރައްޔިތުން ވަނީ މުޒާހަރާކުރަން ފްރާންސްގެ މަގުތަކަށް ނުކުމެފައެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަތައް ސެންޓްރިސްޓް މަޖިލިސް މެމްބަރުންނާއި އެންމެ ކަނާތުފިޔައިގެ ގައުމީ ޖަލްސާއިން ހުށަހަޅާފައިވާއިރު، މަޖިލީހުން އެ މައްސަލަތަކަށް ބަހުސް ކުރަން ޖެހެނީ ހޯމަ ދުވަހުގެ ހަވީރުން ފެށިގެންނެވެ.

އިތުބާރު ނެތް ކަމުގެ ހުށަހެޅުންތައް ކާމިޔާބު ވެއްޖެނަމަ ރައީސް އިމަނުއެލް މެކްރޮންއަށް ވެރިކަން ގެއްލުމުގެ ނުރައްކަލެއް ނެތް ނަމަވެސް ސަރުކާރުގެ މަގާމުތަކަށް އަސަރުކުރާނެއެވެ.

މެކްރޮން އަށް އާ ސަރުކާރެއް ގެނައުމަށް ހުށަހަޅައި ނުވަތަ މަޖިލިސް އުވާލައި އާ އިންތިޚާބުތަކެއް ބާއްވަން ގޮވާލެވިދާނެ އެވެ.

ޕެންޝަން އިސްލާހު ކުރުމުގެ ބިލް ވެސް ބާތިލް ކުރާނެކަމަށް ބެލެވެއެވެ.

އިތުބާރު ނެތް ކަމުގެ ހުށަހެޅުންތައް ނާކާމިޔާބު ވެއްޖެ ނަމަ ރިޓަޔާ ކުރުމުގެ އުމުރު 62 އަހަރުން 64 އަހަރަށް މަތިކުރުމުގެ ބިލް ގާނޫނަކަށް ވެގެންދާނެ އެވެ.

މެކްރޮން ވަނީ ފްރާންސްގެ އާބާދީ މުސްކުޅިވުމުގެ ސަބަބުން މިހާރު ހިންގާ ޕެންޝަން ސްކީމް އަށް އިތުރު ގޮތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު އެއީ މަޖިލީހުގައި ތިބި އެންމެން ހިއްސާކުރާ އަދި ބަލައިގަންނަ ޝުއޫރެއް ނޫނެވެ.

މެކްރޮންގެ އެކުވެރިން ގައުމީ މަޖިލީހުގެ ދަށުގޭގައި މައިނޯރިޓީއެއްގައި ތިބި ނަމަވެސް އިތުބާރު ނެތްކަމުގެ ހުށަހެޅުންތައް ކާމިޔާބު ވުމަށްޓަކައި އިދިކޮޅު ހުރިހާ ފަރާތްތަކެއް އެއްބައިވަންތަވާން ޖެހޭނެއެވެ.

ފްރާންސްގެ ރިޕަބްލިކަން ޕާޓީގެ 61 ގޮނޑި އޮތްއިރު، މިދިޔަ ހަފްތާގައި އެ ޕާޓީގެ ލީޑަރު އެރިކް ސިއޯޓީ ވަނީ އިތުބާރު ނެތްކަމުގެ މައްސަލަތަކަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ފްރާންސްގެ ގިނަ ބަޔަކު ރުޅިގަދަވެފައިވާއިރު، އިސްލާހުތަކާ ގުޅިގެން ހަފްތާ ބަންދުގައި ފުލުހުންނާ މުޒާހަރާގެ ބައިވެރިން ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެތައް ހާސް ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލިފާން ރޯކޮށް، ބައެއް މީހުން ވަނީ ފުލުހުންނާ ދިމާލަށް ފަރުބަދަ އުކާފައެވެ.

ސިއޯޓީ ވިދާޅުވީ ޓްވިޓާގައި، ރޭ އޭނާގެ އޮފީހަށް މީހުން ހިލަ އުކާލި ކަމަށާއި ބިލަށް ތާއީދުކުރާ އެހެން މެމްބަރުން ވެސް ބުނީ މަރުގެ އިންޒާރު ލިބުނު ކަމަށެވެ.

ހަޅުތާލުތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރިޓަޔަރމަންޓް އުމުރު ބޮޑުކުރުމަށް ހުށަހަޅާފައިވާ ގޮތާ ދެކޮޅު ހަޅުތާލުތަކެވެ.

ޓެގްސް: ފްރާންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.