ނަގޫރޯޅި އަރާފައިވާ އެމެރިކާގެ މިސިސިޕީ ސްޓޭޓްގެ މަންޒަރެއް

ދުނިޔެ

އެމެރިކާގެ މިސިސިޕީއަށް ނަގޫރޯޅިއެއް އަރައި އެއްކޮށް ސުންނާފަތިކޮށްލައިފި

އަލީ އަޒްޔަން - އެމެރިކާ | 26 މާރޗް 2023 , އާދީއްތަ 11:32   182

އެމެރިކާގެ ދެކުނުގެ ސްޓޭޓްތައް ފޫއަޅުވާލާފައި ދިޔަ ތޫފާނެއްގެ ސަބަބުން މިސިސިޕީ އާއި އަލަބާމާގައި ސްޓޭޓްގައި 26 މީހަކު މަރުވެއްޖެ އެވެ.

މީހުން ހޯދާ ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މިސިސިޕީ ސްޓޭޓް ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ފުނޑުފުނޑުވެފައިވާ ކާރުތަކާއި ބިއްލޫރިތަކާއި ބިއްލޫރިތަކުން މަގުތައް ވަނީ ފުރިފައެވެ. އެތަން މިހާރު ވަނީ ގާތްގަނޑަކަށް އެކީ ފޮހެވިފައެވެ.

ސީއެންއެން އަށް މައުލޫމާތު ދެމުން އެތަނުގެ ރައްޔިތަކު ބުނީ އޭނާގެ ފާޚާނާ ޓަބުގައި ފިލާފައި އޮތުމަށްފަހު ސަލާމަތްވި ނަސީބު ރަނގަޅުކަމުން ކަމަށެވެ.

މީގެ 24 ގަޑިއިރު ނުވަނީސް އާއިލާއާއި ރައްޓެހިން އެއްވެ، ހަފްތާ ބަންދަށް ތައްޔާރީތައް ވަމުންއައި އެތަން މިހާރު ވަނީ ކުނި ކޮތަޅުތަކާއި އެކު ޖަންގަންޔަކަށް ބަދަލުވެފައެވެ.

ލަކުޑި ފްރޭމްތައް ވަނީ ފުނޑާލާފައެވެ. ނަގޫރޯޅިއާއި އެކު ދަމައިގަތް ދޮންނަ މެޝިންތަކާއި ބަދިގެތަކުގައި ހުރި ސާމާނުތައް ހުރީ އެކިތަންތަނަށް އުކާލެވިފައެވެ.

އެތަނުގެ މޭޔަރު ވިދާޅުވާ ގޮތުގައި ތޫފާނުގެ ސަބަބުން އެ ރަށަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އިތުރު މީހުން ކުނިތަކުގެ ދަށުގައި ތާށިވެފައި ތިބި ކަމަށް ބެލެވޭކަމަށް ވެސް ބުނެފައިވެއެވެ. ބައެއް ސަރަޙައްދުތަކުގައި، ގަސްތަކާއި ކަރަންޓް ލައިންތައް ވަނީ ހަލާކުކޮށްލާފައެވެ.

އެމެރިކާގެ ދެކުނުގެ އެހެން ސްޓޭޓްތަކުގައި ވެސް ވަރުގަދަ ތޫފާންތަކެއް އަތުވެދާނެކަމަށް ބަލައި ތައްޔާރީ ޙާލަތަށް ގެނެވިފައިވެއެވެ.

ޓެގްސް: އެމެރިކާ ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.