އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ދުނިޔެ

އިޒްރޭލުގައި މުޒާހިރާކުރާތީ ލީގަލް ރިފޯމްގެނައުން މަޑު ޖައްސާލަން ނަތަންޔާހޫ އަށް މަޖުބޫރުވެއްޖެ

އަލީ އަޒްޔަން - މެދުއިރުމަތި | 28 މާރޗް 2023 , އަންގާރަ 08:11   133

އަދުލު އިންސާފުގެ ނިޒާމު އިޞްލާޙްކުރުމަށް ރާވާފައިވާ ޚިޔާލުތަފާތުވުން ބޮޑު ޕްލޭންތަކާ ގުޅޭ ގޮތުން ކަންކަން ލަސް ކުރައްވާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާން ކުރެއްވައިފިއެވެ. މިއާއިއެކު އިސްރާއީލުގައި އޮތް ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެކަމަށް ބެލެވެއެވެ.

ހޯމަ ދުވަހުގެ ރޭ އޭނާ ވިދާޅުވީ "އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައި މާބޮޑަށް ހޫނުވެގެންދިއުން" ހުއްޓުވުމަށް ގާނޫނުތައް ބަދަލުގެނައުނ މަޑުޖައްސާލާނެ ކަމަށެވެ.

މީގެ ކުރިން ނުފެންނަ ހާދިސާތަކެއްގައި އެގައުމުގެ އެންމެ ބޮޑު ޓްރޭޑް ޔޫނިއަނުން ހަޅުތާލެއް ގޮވާލުމުން، އިސްރާއީލުން ބަލަމުން ދިޔައީ އެމީހުންގެ ވަށައިގެން މީހުން ނިކުމެ ބަންދުވަމުންދާތަނެވެ.

މައި އެއާޕޯޓުން ފެށިގެން ފިހާރަތަކާއި ބޭންކުތަކާ ހަމައަށް - ހޮސްޕިޓަލްތަކުގައި ވެސް - ހިދުމަތްތައް ހުއްޓުވި އެވެ. ވަރަށް ބޮޑަށް ރޭވިގެން ކުރިއަށް ގެންދިޔަ މި ފިޔަވަޅު ފަރުމާކޮށްފައިވަނީ މި ހަފްތާގެ ފަހުކޮޅު އިސްލާހުތައް ކުރިއަށް ގެންދިއުމަށް މަޖުބޫރުކޮށްގެން ނަތަންޔާހޫ ފަހަތަށް ޖައްސާލުމަށެވެ.

އިދިކޮޅު ލީޑަރު ޔާއިރް ލަޕިޑް ވަނީ އެއީ "ގައުމުގެ ތާރީހުގައި ވެސް ދިމާވި އެންމެ ބޮޑު ދަތިދުވަސްތައް" ކަމަށް ވިދާޅުވެފަ އެވެ.

އިސްރާއީލުގެ މިހާތަނަށް އެންމެ ކަނާތުފިޔައިގެ ސަރުކާރުން ދަނީ ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އިސްލާހުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގެ ނިންމުންތައް އަޣުލަބިއްޔަތުން ބާތިލް ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންދާނެ ކަމަށާއި ބޮޑުވަޒީރަކު މަގާމަށް ނުފެތޭ ކަމަށް ކަނޑައަޅައި ވެރިކަމުން ދުރުކުރަން ދަތިވާނެ ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ކޯޓުތަކުން ބާރުތައް މާބޮޑަށް ފޯރުކުރުވުން ހުއްޓުވޭނެ ކަމަށާއި ނަމަވެސް ކޮރަޕްޝަންގެ ޝަރީއަތެއް ކުރިއަށްދާއިރު އޭނާއަށް އެހީތެރިވެދޭނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ރިޝްވަތު ދިނުމާއި މަކަރާއި ހީލަތާއި އިތުބާރު ހިފުމުގެ ތިން މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ ޝަރީއަތް ހިންގާފައެވެ. ބޮޑުވަޒީރު އެއްވެސް ގޯހެއް ކޮށްފައިވާ ކަމަށް ދޮގުކުރައްވައި، އޭނާ އަކީ "ސިހުރު ޝިކާރައަކަށް" ވެފައިވާ ކަމަށް ވިދާޅުވެ އެވެ.

ހުށަހަޅާފައިވާ ބަދަލުތައް ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އިއުލާން ކުރި ފަހުން އިސްރާއީލުގެ ބާރުގަދަ އަސްކަރިއްޔާ ހިމެނޭ ގޮތަށް އިސްރާއީލުގެ ރައްޔިތުން ނިކުމެ ގާތްގަނޑަކަށް ހުރިހާ ހިސާބަކުން ވެސް ވަނީ ރުޅިވެރިކަމުގެ ޝުޢޫރުތައް ފާޅުކޮށްފައެވެ.

ޓެގްސް: އިޒްރޭލް މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.