ސެއިންޓް ޕީޓަރސްބާގް ގައި ހިންގި ގޮއްވާލުމުގެ ޙާދިސާ

ދުނިޔެ

ރަޝިއާގެ ކެފޭއެއްގައި ގޮއްވާލުމެއް

އަލީ އަޒްޔަން - ޔޫރަޕް | 2 އޭޕުރިލް 2023 , އާދީއްތަ 21:55   174

ރަޝިއާގެ ސެއިންޓް ޕީޓާސްބާގްގެ ކެފޭއެއްގައި ގޮއްވާލައި، ޔޫކްރޭންގެ ފްރަންޓްލައިން އިން ރިޕޯޓްކުރި، ރަޝިޔާގެ އަސްކަރީ ބްލޮގަރެއް ކަމަށްވާ ވްލަޑްލެން ޓަޓާސްކީ މަރުވެއްޖެ ކަމަށް ރަޝިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ވްލަޑްލެން ޓަޓާސްކީ ގެ އަސްލު ނަމަކީ މެކްސިމް ފޯމިން އެވެ. އޭނާ އަކީ 1999 ވަނަ އަހަރު ޔޫކްރޭންގައި ރަޝިޔާއިން ކުރި ހަނގުރާމައަށް ވަރަށް ބޮޑަށް ތާއީދުކުރި މީހެކެވެ.

އޭނާ ވަނީ ޔޫކްރޭންގެ ފްރަންޓްލައިން އިން ރިޕޯޓްކޮށް، ވަކިން ބޮޑަށް މަޝްހޫރުކަން ހޯދީ މިދިޔަ އަހަރު ކްރެމްލިންގެ ތެރޭގައި ނަގާފައިވާ ވީޑިއޯއެއް ޕޯސްޓް ކުރުމުންނެވެ.

ސްޓްރީޓް ބާ ކެފޭގައި ހިނގި މިގޮވުމުގެ ސަބަބުން އިތުރު 16 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިޙާދިސާ ހިނގާފައިމިވަނީ، ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގޭ ލަވްރޯވް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން އަށް ފާޑުވިދާޅުވެ، ރަޝިޔާގައި ޖާސޫސު ކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓަރު އިވާން ގެރްޝްކޯވިޗްގެ މައްސަލަ ވޮޝިންޓަނުން ސިޔާސީ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ޓެގްސް: ރަޝިއާ ޔޫކްރެއިން ހަނގުރާމަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.