އެމެރިކާގެ ކުރީގެ ރަޢިސް ޑޮނަލްޑް ޓްރަމްޕް

ދުނިޔެ

ޑޮނަލްޑް ޓްރަމް ނިއުޔޯކުގެ ކޯޓަށް ވަޑައިގަތުމަށް ފްލޮރިޑާއިން ދަތުރު ފަށައިފި

އަލީ އަޒްޔަން - އެމެރިކާ | 4 އޭޕުރިލް 2023 , އަންގާރަ 08:38   135

ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާއިން ނިއުޔޯކަށް ދަތުރުކުރައްވަން ފައްޓަވައިފިއެވެ. ޓްރަމްޕްގެ މިދަތުރަކީ އަންގާރަ ދުވަހު ކޯޓުގައި އޮތް ޖިނާއީ ދައުވާއަށް ޙާޒިރުވުމުގެ ގޮތުން ކުރާ ދަތުރެކެވެ.

ކުރީގެ ޕޯން ސްޓާ ސްޓޯމީ ޑެނިއަލްސް ގެ އަނގަ ބަންދުކުރުމަށް ދެއްކި ފައިސާއާ ގުޅޭ ދައުވާ އޭނާގެ މައްޗަށް ކުރާނީ އަންގާރަ ދުވަހުގެ މެންދުރު ފަހު އެވެ.

އަދިވެސް ސީދާ ދައުވާއެއް ނޭނގުނު ނަމަވެސް އޭނާގެ ވަކީލުން ވަނީ އޭނާ ކުށަށް އިއުތިރާފުވާނެ ކަމަށް ބުނެފަ އެވެ.

އެ ފައިސާ ދެއްކީ ގާނޫނީ ގޮތުން ކަމަށް ޚަބަރުތައް ބުނެއެވެ. އެކަމަކު ޓްރަމްޕް ވަނީ ވިޔަފާރީގެ ހަރަދެއްގެ ގޮތުގައި ރެކޯޑް ކުރައްވާފައިކަމަށް ތުހުމަތު ކުރެވެ އެވެ. ވިޔަފާރީގެ ރެކޯޑްތައް ދޮގުކުރުމަކީ ނިއުޔޯކުގައި ގާނޫނާ ހިލާފު ކަމެކެވެ.

އެމެރިކާގެ ސިއްރު ފުލުރުން އަންނަނީ ލޯވަރ މެންހަޓަންގައި ހުންނަ ކޯޓު އިމާރާތުގެ ސެކިއުރިޓީ ކަންކަން ވެސް ކުރަމުންނެވެ.

2024 ވަނަ އަހަރު ވައިޓް ހައުސްއަށް އަނެއްކާވެސް ވާދަކުރަން ނިކުންނަ ޑޮނަލްޑް ޓްރަމްޕް، ގޯސްކޮށް ކުރި ކަމެއް، އަދި ތުހުމަތު ކުރެވޭ ގުޅުމެއް ކަމަށް ދޮގުކޮށް، ދައުވާއަކީ "ސިޔާސީ ފިތުނަ" ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓެގްސް: ޑޮނަލްޑް ޓްރަމްޕް އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.