ޗެއިން ފުޑް ރެސްޓޯރެންޓް، މެކްޑޯނަލްޑްސް ގެ ކޯޕަރޭޓް އޮފީހެއް

ވިޔަފާރި

މެކްޑޮނަލްޑްސް އިން އެތައް ސަތޭކަބަޔަކު ވަޒީފާއިން ވަކިކޮށް ކޯޕަރޭޓް އޮފީސްތައް ބަންދުކުރަނީ

އަލީ އަޒްޔަން - އެމެރިކާ | 4 އޭޕުރިލް 2023 , އަންގާރަ 09:54   177

މެކްޑޮނަލްޑްސް އިން އެމެރިކާގެ ކޯޕަރޭޓް އޮފީސްތައް ބަންދު ކުރަމުންދާއިރު، އެ ކުންފުނިން އެތައް ސަތޭކަ މަސައްކަތްތެރިންނެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

އެކުންފުނިން ވަނީ ފުޅާ ދާއިރާއެއްގައި ކޯޕަރޭޓް ރީސްޓްރަކްޗާ ކުރުމުގެ ތެރެއިން ވަޒީފާ ކަނޑާލާނެ ކަމަށް ޖެނުއަރީ މަހު އިއުލާންކޮށްފައިވެއެވެ.

މެކްޑޮނަލްޑްސް އިން ބުނެފައިވަނީ މުވައްޒަފުންނަށް އަސަރުކުރާނަމަ ނުވަތަ ކަނޑާލާނަމަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ވާޗުއަލްކޮށް އެކަން އަންގަމުންދާނެކަމަށެވެ.

އިތުރަށް ބުނެފައިވަނީ، ތިން ދުވަހަށް އެމެރިކާގެ އޮފީސްތައް ބަންދުކުރަން ނިންމާފައިވާކަމަށާއި، އެއީ މުވައްޒަފުންނަށް ލުޔެއް ދިނުމަށާއި އަމިއްލަ ޒާތީކަންކަން ހަމަޔަކަށް އެޅުވުމަށް ވަގުތު ކަނޑައެޅުމަށް ކަމަށާއި އެއީ އީސްޓާގެ ކުރިން ދަތުރުކުރުމުގެ ބިޒީ ހަފްތާއަކަށް ވާތީ ކަމަށެވެ.

މެކްޑޮނަލްޑްސްގެ ކޯޕަރޭޓް އޮފީސްތަކާއި ކުންފުނިތަކުގެ ރެސްޓޯރެންޓްތަކުގައި އެމެރިކާގައި ގާތްގަނޑަކަށް 45،000 މީހުން ވަޒީފާ އަދާކުރެ އެވެ.

2022 ވަނަ އަހަރު ނިމުނުއިރު މެކްޑޮނަލްޑްސްގެ ކޯޕަރޭޓް އޮފީސްތަކާއި ކުންފުނިތަކުގެ ރެސްޓޯރެންޓްތަކުގައި 150،000 އަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރި އެވެ. އެ މީހުންގެތެރެއިން ގާތްގަނޑަކަށް 45،000 މީހުން ތިބީ އެމެރިކާގަ އެވެ.

ޓެގްސް: އެމްއެންސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.