އިމާމުގެ ކޮނޑަށް ބުޅާއަރައި ބޮސްދެނީ

ދުނިޔެ

ތަރާވީސް ނަމާދުކުރަނިކޮށް، ލައިވް ޓީވީގައި އިމާމެއްގެ ކޮނޑަށް ބުޅަލެއް އަރައިފި

އަލީ އަޒްޔަން - މެދުއިރުމަތި | 6 އޭޕުރިލް 2023 , ބުރާސްފަތި 12:00   385

މުޅި ދުނިޔޭގައި މުސްލިމުން އަންނަނީ ބަރަކާތްތެރި ރަމަޟާން މަސް ފާހަގަ ކުރަމުންނެވެ. މިމަހަށް ޝަރަފުވެރިކަން ދިނުމުގެ ގޮތުން މުސްލިމުން ތަރާވީހުގެ ޚާއްސަ ނަމާދުތަކެއްކުރެއެވެ.

އަލްޖީރިއާގެ އިމާމެއް ތަރާވީޙް ނަމާދަށް ހުއްޓައި، ބުޅަލެއް ފުންމައިގެން ގޮސް ކޮނޑަށްއަރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ. މި އުފާވެރި ޖޯށުން ފުރިގެންވާ ވީޑިއޯ ކްލިޕް އަންނަނީ އިންޓަނެޓްގައި އެންމެންގެ ހިތްތައް ހޯދަމުން އެބަދެއެވެ.

ލައިވް ބްރޯޑްކާސްޓެއްގައި އަލްޖީރިއާގެ ތޮއްޖެހިފައިވާ ބޯރޖް ބޯ އަރެރިޖް މިސްކިތުގައި، އިމާމް ވަލީދު މެހްސާސް ރަމަޟާން މަހުގެ ކޮންމެ ރެއަކު ރަމަޟާން މަހުގެ ނަމާދު ކުރިއަށް ގެންދާއިރު މަންޒަރުތައް ލައިވްކޮށް ޓީވީން ދައްކައެވެ.

އިމާމްގެ ސަމާލުކަން ނުލިބުމުން ވަރުބަލިވެފައި ހުރި ބުޅާ ސީދާ އިމާމްގެ ބަނޑަށް ފުންމައިގެން ގޮސް އޭނާގެ ކޮނޑު މައްޗަށް އެރިއެވެ. އިމާމް ފަސްނުޖެހި، ލޯމަރާލައިގެން ހުރެ ނަމާދު ކުރިއަށް ގެންދިޔައިރު ލުއިކޮށް ބުޅާދިޔައީ އިމާމުގެ ކޮލުގައި ފިރުމާލަދެމުންނެވެ. އަދި އޭގެ ފަހުން ބިންމައްޗަށް ފުންމާލައި ވަށައި އެނބުރޭތަން ފެނެއެވެ.

މިހާރު ވައިރަލްވަމުން އަންނަ މި ވީޑިއޯ ޝެއިޚް ވަލީދު މެހްސާސްގެ އޮފިޝަލް ޕޭޖުން ފޭސްބުކްގައި ޝެއާ ކޮށޤފައިވާއިރު ދުނިޔޭގެ ބޮޑެތި ހުރިހާ މީޑިއާއެއްގައި މިވާހަކަ ލިޔެފައިވެއެވެ.

ވީޑިއޯ ފުޓޭޖް

ސޯޝަލް މީޑިއާގައި ހިއްސާކުރި ފަހުން މި ހިތްގައިމު ވީޑިއޯ ވަނީ 10،000 އަށް ވުރެ ގިނަ މީހުން ޝެއާ ކޮށްފައެވެ. އޭނާ އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައި ވަނީ "މާތްރަސްކަލާނގެއަށް ޝަރަފުވެރިވެވޮޑިގެންވެއެވެ. ޖަނަވާރުތައް ވެސް މާތްاللهގެ ބަސްފުޅުތަކަށް ބިރުގަންނެއެވެ. އިމާމްގެ މައްޗަށް ބުޅާ އަރާތަން ބަލާށެވެ. އަދި އޭނާ އެދަނީ ތަރާވީހު ނަމާދުގައި ޤުރުއާން ކިޔަވަމުންނެވެ."

"އެއީ ހާދަ ރީތި ކަމެއް، އެކަމުން އަހަރެންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ!" މީހަކު ކޮމެންޓް ކޮށްފައިވެއެވެ.

"އިމާމު ކަންފަތް ކަމުދާ އަޑަކުން މަތިވެރި ޤުރުއާން ކިޔެވުމުން ބުޅަލުން ޝުކުރު އަދާކުރަން ބޭނުންވި ފަދައިން، އަހަރެމެންގެ ޝެއިޚްއަށް ބަރަކާތް ލައްވާށި،" ދެވަނަ މީހަކު ބުންޏެވެ.

ތިންވަނަ މީހަކު އިތުރަށް ބުނީ "އޭނާގެ ޖަވާބަކީ އަޖައިބު ކުރުވަނިވި ކަމެއް.. ބީޓެއް ވެސް ގެއްލިގެން ނުދިޔައީ ކިރިޔާ، ކިޓީ އަށް ޕެޓްކޮށްގެން ވެސް" ކަމަށެވެ.

"އެއީ ވަރަށް މަޖާ އަދި މޮޅު ކަމެއް. ލޯބިވަނީ އިމާމު ނަމާދަށް ސަމާލުކަން ބެހެއްޓި ގޮތް. އެކަމަކު ވެސް ބުޅަލަށް މަރުހަބާ ކިޔަމުން" ހަތަރު ވަނަ މީހަކު އިތުރަށް ބުންޏެވެ.

ޓެގްސް: ރޯދަމަސް އިސްލާމީ ދުނިޔެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.