ކުޑަކުއްޖަކު ފެންބަލާ ގޮސް

ދުނިޔެ

މިއަދަކީ ދުނިޔޭގެ ފެނުގެ ދުވަސް

އަލީ އަޒްޔަން - ކ. މާލެ | 21 މާރޗް 2022 , ހޯމަ 14:43   314

މި ދުވަހަކީ ކޮންމެ އަހަރަކު ފެނުގެ މުހިއްމުކަން ހަނދާންކުރުމުގެ ގޮތުން އ.ދ. އިން ކަނޑައަޅައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފާހަގަ ކުރާ ދުވަހެކެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ނަމްބަރު 6 އާއި ގުޅޭ، ސާފު ފެން، ނަރުދަމާ އާއި ޢާއްމު ސާފުތާހިރުކަން މިދުވަހުގެ މައިގަނޑު ސުރުޚީތަކުގައި ހިމެނެއެވެ.

މިއަހަރުގެ މިދުވަހާއި ގުޅޭ ތީމަކީ "ވަޅުފެން، ލޮލަށް ނުފެންނަ އެއްޗެއް ފެންނަގޮތް ހެދުން". އަޑީގައި ރައްކާކުރެވިފައި ހުއްޓެއްކަމަކު، ވަޅުފެނަކީ ދުނިޔެއަށް ސާފު ލިބުމުގައި އެންމެ ބޮޑު މެދުވެރިޔާއެވެ. މިއަހަރުގެ މިދުވަސް ފާގަގަ ކުރާ ފޯރަމް ސެނެގާލްގެ ޑަކާރުގައި "ޔިއަރ އޮފް ގްރައުންޑް ވޯޓާރ" ގެ ނަމުގައި ކެޓަލޮގެއް ތަޢާރަފް ކުރުން އޮންނާނެއެވެ.

މިދިޔައަހަރުގެ ކެމްޕޭނުގައި ދުނިޔޭގެ 140 ގައުމަކުން 6،000 އަށް ވުރެ ގިނަ ޕޯސްޓް މިދުވަސް ފާހަގަ ކުރަން ބޭނުންކޮށް 1.6 ބިލިއަން މީހުން އެމެސެޖްތައް ބަލާފައިވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.