މުޒާހަރާތަކުގައި އެތައްހާސްބަޔަކު ހައްޔަރުކޮފައިވޭ. ތެހެރާންގައި، މަގެއްގައި އީރާނުގެ އަންހެނުންތަކެއް ހިނގާފައިދާ މަންޒަރު

ދުނިޔެ

ބުރުގާ ނާޅާ އަންހެނުންނަށް އަޅާފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް އެކަމަށް ޚާއްޞަކޮށް އީރާނުން ކެމެރާ ހަރުކުރަނީ

އަލީ އަޒްޔަން - މެދުއިރުމަތި | 9 އޭޕުރިލް 2023 , އާދީއްތަ 08:17   295

އީރާނުގެ ކަމާބެހޭ ފަރާތްތަކުން އާއްމު ތަންތަނުގައި ކެމެރާ ހަރުކުރަން ފަށާފައިވާ ކަމަށް އެޤައުމުގެ ފުލުހުން ބުނެފި އެވެ.

އިސްތަށިގަނޑު ނިވާނުކޮށް ބޭރަށް ނިކުންނަ އަންހެނުންނަށް "ފިޔަވަޅު އެޅުމާއި ބެހޭ ގޮތުން އިންޒާރުދޭ ޓެކްސްޓް މެސެޖުތަކެއް" ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިރާނުގައި ހިންގަމުން އަންނަ ހަރުކަށި ޤާނޫނުތަކާއި އެތައް ލައްކަ ބަޔަކު މަގުތަކަށް ނިކުމެފައިވެއެވެ. އަދި ހައްޔަރުކުރި މީހުންގެ ޢަދަދުވެސް އެތައް ހާހުން މައްޗަށް އަރާފައިވެއެވެ.

އެންމެ ފުރަތަމަ ބުރުގާއާއި ގުޅޭ މުޒާހިރާތައް ހޫނުވެފައިވަނީ، މިދިޔަ އަހަރު ޢަމަލުކުރަންފެށި ހިޖާބު އުސޫލާ ހިލާފުވެގެން ހައްޔަރުކުރި ޒުވާން އަންހެނެއް ކަމަށްވާ މަހްސާ އަމީނީ ފުލުހުންގެ ބެލުމުގެ ދަށުގައި މަރުވުމުންނެވެ.

އަމީނީ މަރުވި ފަހުން ހައްޔަރު ކުރުމުގެ ނުރައްކާ އޮތް ނަމަވެސް ޚާއްސަކޮށް ބޮޑެތި ސިޓީތަކުގައި ގިނަ އަދަދެއްގެ އަންހެނުން ގެންދަނީ އިޙްތިޖާޖުކުރަމުންނެވެ.

އީރާނުގެ އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީން ޝާއިއުކުރި ފުލުހުންގެ ބަޔާނެއްގައި ބުނެފައި ވަނީ އެ ނިޒާމުގައި "ސްމާޓް" ކަމަށް ބުނާ ކެމެރާތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން "ހިޖާބު ގާނޫނާ ހިލާފުވާ މީހުންނަށް ލިޔެކިޔުންތަކާއި އިންޒާރުދޭ މެސެޖުތައް" ދެވިގެންދާނެކަމަށެވެ.

1979 ވަނަ އަހަރުގެ އިންގިލާބާއިއެކު ހަރުކަށި މާނައެއް ޤާނޫނުތައް ހަދަމުން ގޮސްފައިވެއެވެ. އަންހެނުން ހިޖާބު (ބުރުގާ) އަޅައިގެން އިސްތަށިގަނޑު ނިވާކުރަން ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވެއެވެ. ޤާނޫނާ ޚިލާފުވާ އަންހެނުން ޖޫރިމަނާ ނުވަތަ ހައްޔަރުކުރުން ފަދަ ކަންކަން ކުރުމަތިކުރުވައެވެ.

ހޮނިހިރު ދުވަހުގެ ފުލުހުންގެ ބަޔާނުގައި ބުރުގާ އަކީ "އީރާނުގެ ތަހުޒީބީ ޤައުމީ ބިންގަލެއް" ކަމަށް ސިފަކޮށް، ގަވާއިދުތައް ހިފެހެއްޓުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ޑިސެމްބަރު މަހުން ފެށިގެން އީރާނުގައި ކުރާ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ހައްޔަރުކޮށް ހަތަރު މީހަކު މަރުގެ އަދަބު ދީފައިވީ ނަމަވެސް ގާނޫނު ތަންފީޒު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ހަރުކަށި ފިކުރުގެ މީހުން ދަނީ ބުނަމުންނެވެ.

ހަމަ މިއާއިއެކު، މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ ރައީސް އިބްރާހިމް ރައިސީ ވަނީ އީރާނުގެ އަންހެނުން ހިޖާބު އަޅަން ޖެހެނީ "ދީނީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވާތީކަމަށް" ތަކުރާރުކޮށް ބުނެފައެވެ.

ނަމަވެސް އީރާނުގެ ޝަރުއީ ދާއިރާގެ ވެރިޔާ ޣުލަމްހުސައިން މުހުސެނީ ހުކުރު ދުވަހު އިންޒާރު ދެއްވީ، ހަރުކަށި ފިޔަވަޅު އެޅުމަކީ އަންހެނުން ގަވާއިދުތަކަށް އަމަލު ކުރުމަށް ހިތްވަރު ދިނުމަށް އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭކަމަށް، ބުނެފައިވާކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޓެގްސް: އީރާން އިސްލާމީ ދުނިޔެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.