ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާ، އީލާން މަސްކު ބީބީސީ އާއި ވާހަކަ ދައްކަނީ

ޓެކްނޯލޮޖީ

ޓްވިޓާއިން ސްޓާފުންގެ ޢަދަދު %20 އަށް ތިރިކޮށްފިކަމަށް އީލާން މަސްކު ބުނެފި

އަލީ އަޒްޔަން - ދުނިޔެ | 13 އޭޕުރިލް 2023 , ބުރާސްފަތި 09:08   254

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޢަދަދު 80 އިންސައްތަ ވަކިކޮށް، 20 އިންސައްތައަށް ޢަދަދު ތިރިކޮށްފައިވާކަމަށް، އެކުންފުނީގެ ވެރިޔާ އަދި ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމުގައިވާ އީލާން މަސްކު ބުނެފިއެވެ.

މިގޮތުން 6،000 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފައިވާކަމަށް މަސްކު ބީބީސީއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

މަސްކް ބުނެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި މިހާރު ތިބީ އެންމެ 1،500 މުވައްޒަފުން ކަމަށާއި އެއީ އޭނާ ގަތްއިރު ވަޒީފާގައި ތިބި 8،000 އަށް ވުރެ މަދު އަދަދެކެވެ. މި ކުޑަކުރުން މިހާރު ހަމަކުރަނީ، ކުންފުނީގެ މުވައްޒަފުންގެ ގާތްގަނޑަކަށް %80 އާހަމައަށެވެ.

މިއީ "އެއްގޮތަކަށް ވެސް މަޖާ ކަމެއް ނޫން" ކަމަށާއި ބައެއް ފަހަރު "ވޭން އަޅާ" ކަމެއް ކަމަށް ވެސް ބިލިއަނަރު ސީއީއޯ ސެން ފްރެންސިސްކޯގައި ހުންނަ ޓްވިޓާގެ ހެޑް އޮފީހުގައި އިނގިރޭސި ބްރޯޑްކާސްޓަރަށް ކިޔާދީފައިވެއެވެ.

ކުންފުނިން މިފަދަ "ހަރުކަށި ފިޔަވަޅު" އަޅަން ޖެހުނީ، ކުންފުންޏަށް "ތިން ބިލިއަން ޑޮލަރުގެ ނެގެޓިވް ކޭޝްފްލޯ ހާލަތެއް" ކުރިމަތިވެފައިވާތީ ކަމަށެވެ. އެކަމުގެ ސަބަބުން ޓްވިޓާ (ޓީޑަބްލިއުޓީއާރު) އަށް ލިބުނީ އެންމެ "ހަތަރު މަސް ދުވަސް" ކަމަށް އޭނާ ލަފާކުރި އެވެ.

ފުރަތަމަ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ކުންފުންޏާ ހަވާލުވުމަށް ހުށަހެޅުމަށް ފަހު، އެ ޑީލްގެ ކިތައް ބޮޓް އެކައުންޓް ހުރި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ޑީލުން ނިކުންނަން މަސައްކަތް ކުރި އެވެ. އޭގެ ފަހުން އޭނާ ވަނީ ޓްވިޓާ އަށް ވަރަށް ބޮޑަށް ބަދަލު ގެނެސްފަ އެވެ: މަތީ މަގާމުތަކުން މީހުން ވަކިކުރުމާއި، ވަޒީފާތައް މަދުކުރުމާއި، ޔޫޒަރ އެކައުންޓްތައް ޔަގީންކުރާ ނުވަތަ ލޭބަލް ކުރާ ގޮތާ ބެހޭ އާ ސިޔާސަތުތައް ވެސް އެކުލަވާލިއެވެ.

އޭގެ ފަހުން ޓްވިޓާ މިހާރު "ގާތްގަނޑަކަށް" ބްރޭކް އިވެން ވަމުން އަންނަ ކަމަށާއި އިޝްތިހާރު ކުރާ މީހުން އެނބުރި އެ ޕްލެޓްފޯމަށް އަންނަމުންދާކަމަށް ވެސް އޭނާ ބީބީސީއަށް ކިޔައިދީފައިއެވެ.

ޓެގްސް: ސޯޝަލްމީޑިއާ ޓްވިޓާ އީލާން މަސްކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.