ދެމެހެއްޓެނިވި ގޮތަކަށް ނުވާތީ އެޤައުމުގައި ހުރި ހުރިހާ ނިއުކްލިއާ ޕްލާންޓްތަކެއް ބަންދުކޮށްފި

ދުނިޔެ

ނިކިއުކްލިއާ ހަކަތަ ބޭނުންކުރުން ޖަރުމަންގައި ހުއްޓާލައިފި

އަލީ އަޒްޔަން - ޔޫރަޕް | 16 އޭޕުރިލް 2023 , އާދީއްތަ 15:29   227

ޖަރުމަނުގެ އެންމެ ފަހަށްހުރި ތިން ނިއުކްލިއާ ނިއުކްލިއާ ހަކަތަ އުފައްދާ ޕްލާންޓްތައް ހޮނިހިރު ދުވަހު ބަންދުކޮށް، އެޤައުމުން ފަސްދޮޅަސް އަހަރަށް ވުރެ ގިނަ ދުވަހު އެގައުމުން ގެންގުޅުނު ނިއުކްލިއާ ހަކަތަ އުފެއްދުމުގެ ސިޔާސަތު އުވާލައިފިއެވެ.

ނިއުކްލިއާ އިން ހަކަތަ އުފެއްދުމާއި މެދު ޖަރުމަނުގައި ޒަމާނުއްސުރެ ޚިޔާލުތަފާތުވުން އުފެދިފައިވެ އެވެ.

މި ބަހުސްތަކުގެ އަޑުގަދަވެފައި ވީނަމަވެސް، އަދި ހަކަތައިގެ ދަތިކަމުގެ ތެރޭގައި ވިޔަސް ޕްލާންޓްތައް އޮންލައިންކޮށް ބެހެއްޓުމަށް އެންމެ ފަހު ވަގުތު ގޮވާލި ނަމަވެސް، ޖަރުމަނު ސަރުކާރުން ވަނީ ސާބިތުކަމާއި އެކު މިނިންމުން ތަންފީޒުކޮށްފައެވެ.

“ޖަރުމަނު ސަރުކާރުގެ ވިސްނުން ވަރަށް ސާފު، ނިއުކްލިއާ ބާރަކީ ފެހި ބާރެއް ނޫން. އަދި ދެމެހެއްޓެނިވި ގޮތެއްގައި ވެސް ކުރެވޭނެ ކަމެއް ނޫން،” ޖަރުމަނުގެ ފެޑެރަލް މިނިސްޓަރު ފޯ ދަ އެންވަޔަރަންމަންޓް އެންޑް ކޮންސިއުމަރ ޕްރޮޓެކްޝަން އަދި ގްރީން ޕާޓީގެ މެމްބަރެއް ކަމަށްވާ ސްޓެފީ ލެމްކޭ ސީއެންއެން އަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތައްޔާރުވަނީ ހަކަތަ އުފެއްދުމުގެ އާ ޒަމާނަކަށް،" ޝިދާތާ ވިދާޅުވި އެވެ.

2000 ވަނަ އަހަރު ޖަރުމަނު ސަރުކާރުން ވަނީ ނިއުކްލިއާ ހަކަތަ މަރުހަލާތަކަކަށް ބަހައި އުވާލައި ޕްލާންޓްތައް ބަންދުކުރަން ފެށުމަށް ވައުދުވެފަ އެވެ. އެކަމަކު 2009 ވަނަ އަހަރު އާ ސަރުކާރެއް ވެރިކަމަށް އައިސް އިއާދަކުރަނިވި ހަކަތައަށް ގައުމު ކުރިއަށް ދިއުމަށް އެހީތެރިވެދޭނެހެން ހީވިއެވެ.

އެހެން ގިނަ ގައުމުތަކުން ވެސް ދަނީ ޖަރުމަން އާއި އެއްގޮތަށް މަގުތަކެއް ކޮށަމުންނެވެ. ޑެންމާކުން 1980 ގެ އަހަރުތަކުގައި ނިއުކްލިއާ އިންޖީނުގެތައް ނުހެދުމަށް ގަރާރެއް ފާސްކުރިއިރު، ސްވިޒަލޭންޑުން 2017 ވަނަ އަހަރު ނިއުކްލިއާ ކަރަންޓް ނިންމާލުމަށް ވޯޓު ދިންއިރު، އިޓަލީން އެންމެ ފަހުގެ ރިއެކްޓަރުތައް 1990 ވަނަ އަހަރު ބަންދުކުރިއިރު އޮސްޓްރިއާގެ އެއް ނިއުކްލިއާ ޕްލާންޓް ދުވަހަކުވެސް ބޭނުންކޮށްފައެއް ނުވެ އެވެ.

ޓެގްސް: ހަކަތަ ޖަރުމަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.