ސޫދާނުގައި ހަމަނުޖެހުން ހިނގާތާ މިއަދަށް މިއީ ތިންވަނަ ދުވަސް

ދުނިޔެ

ސޫދާނުގެ ވެރިރަށުގައި ގޮވުންތަކާއި އެކު ބަޑިޖައި ބޮޑު ހަމަނުޖެހުންތަކެއް

އަލީ އަޒްޔަން - އެފްރުކާ | 17 އޭޕުރިލް 2023 , ހޯމަ 14:53   114

އިތުމަތީ އެފްރިކާގައި މިޞްރާއި ކައިރީގައި އޮންނަ ސޫދާންގެ ވެރިރަށް ޚަރްތޫމް ގައި ހަމަނުޖެހުން ހިނގަމުންދާތާ މިއަދަށް މީ ތިންވަނަ ދުވަހެވެ.

ސޫދާނުގެ ވެރިރަށް ޚާރްޠޫމްގައި ގޮވުންތަކާއި ބަޑިޖެހުމުގެ އެތައް ހާދިސާތަކެއް ހިނގާފައިވާއިރު، އެގައުމުގައި ވަނީ މާރާ އާއި ލޫޓުވުން ޢާއްމުވެފައެވެ.

ވެރިކަންކުރާ ސިޓީގެ ރިޕަބްލިކަން ޕެލަސްއާއި ސިފައިންގެ ކޮމާންޑް ބިލްޑިންގއާއި ބައިނަލްއަޤްވާމީ އެއަރޕޯޓުގައި ގިނަ ޢަދަދަކަށް މީހުން އެއްވެ ހަމަނުޖެހުން ހިންގާފައިވެއެވެ.

ހޮނިހިރު ދުވަހު ފެށި މި އަނިޔާވެރިކަމުގެ ޙަރަކާތުގައި ގާތްގަނޑަކަށް 100 އާންމުން މަރުވެފައިވާ ކަމަށް އުތުރު އެފްރިކާގެ ގައުމުގެ ޑޮކްޓަރުންގެ ޔޫނިއަނުން ބުނެފައިވެއެވެ.

މި މާރާމާރީތައް ހިންގަން ފަށާފައިމިވަނީ ސިފައިންގެ ވެރިޔާ އާއި ވާދަވެރި ޕެރަމިލިޓަރީ ގްރޫޕެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) ގެ ލީޑަރާއި ދެމެދު ހިނގި ދެބަސްވުންތަކަށް ފަހުއެވެ.

ހުކުރު ދުވަހާއި ހޯމަ ދުވަހުގެ ވަގުތެއްގައި އާރުއެސްއެފް އިން ވަނީ ވެރިރަށް ޚާރްޠޫމްގެ ތަންތަން ހިފާފައިވާ ކަމަށް ބުނެފަ އެވެ. ރިޔާސީ ގަނޑުވަރު، އަދި އެއާ ޖެހިގެން އޮންނަ އޮމްދުރުމާން ސިޓީގެ އިތުރުން ހުޅަނގު ސަރަހައްދުގައި އޮންނަ ދާފުރާއި ރާއްޖޭގެ އުތުރުގައި އޮންނަ މެރޯވޭ އެއާޕޯޓް ފަދަ ތަންތަނެވެ.

އެކަމަކު ބައެއް އެކައުންޓްތަކުން ދައްކާ ގޮތުގައި ސިފައިން އެއާޕޯޓްގެ ކޮންޓްރޯލް އަލުން ހޯދާފައިވާއިރު، އަސްކަރިއްޔާއިން ބުނީ އެމީހުން މުއާމަލާތް ކުރަނީ "ބާޣީންގެ ކުދި ޖީބުތަކާ" ކަމަށެވެ.

ވެރިރަށުގައި މުހިއްމު ތަންތަން އާރުއެސްއެފް އިން ހިފެހެއްޓި ކަމަށް ސިފައިން މީގެ ކުރިން ދޮގުކޮށްފައިވާއިރު، އެގައުމުގެ މަންޒަރު ދުށް މީހުން ރޮއިޓާސް ނޫސް އެޖެންސީއަށް ބުނީ ވައިގެ ހަމަލާތަކުން އާރުއެސްއެފްގެ މަރުކަޒުތައް ގޮއްވާލުމުން ސިފައިން ކުރިއެރުންތައް ހޯދަމުން އަންނަ ކަމަށެވެ.

ޓެގްސް: އެފްރިކާ ބައްރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.