ޗައިނާގެ ބާޒާރެއްގައި ވިޔަފާރިކުރަން ނިކުމެފައިތިބި އަންހެންކުދިންތަކެއް

ދުނިޔެ

ކޮވިޑް-19 ގެ ފިޔަވަޅުތައް އުވާލުމުން ޗައިނާގެ އިގްތިސާދު ރަނގަޅުވާން ފަށައިފި

އަލީ އަޒްޔަން - އޭޝިއާ | 19 އޭޕުރިލް 2023 , ބުދަ 09:56   215

ކޮވިޑް-19 ގެ ހަރުކަށި ހުރަސްތައް ފަހަނަޅައި ގޮސް, މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޗައިނާގެ އިގްތިސާދު ހީކުރި ވަރަށް ވުރެ ބާރަށް ކުރިއަރާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) %4.5 އިތުރުވެފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.

އިގްތިސާދީ ހަރަކާތުގެ މުހިންމު މިންގަނޑަކީ ގޭބިސީތަކުން ކުރާ ހަރަދުތައް ގިނަވުމާއި، ފެކްޓްރީ ހަރަކާތްތައް އިތުރުވުން ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކުރިއެރުވުމަށް ބެއިޖިން އިން ވައުދުވީ މިދިޔަ ޑިސެމްބަރު މަހު ކޮރޯނާވައިރަހުގެ ފިޔަވަޅުތައް އުވާލުމަށްފަހުއެވެ.

އަންގާރަ ދުވަހު މާޗް މަހުގެ ވަކި ޑޭޓާތަކުން ދައްކާ ގޮތުގައި ގޭބިސީތަކުގެ ކޮންސިއުމަންޓްގެ މައިގަނޑު އިންޑިކޭޓަރު ކަމަށްވާ ރީޓެއިލް ސޭލްސް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %10.6 މައްޗަށް ޖެހިލާފައިވެއެވެ.

ހަމައެއާއެކު ފެކްޓްރީތަކުން އުފެއްދުންތެރިކަން %3.9 އިތުރުވި ނަމަވެސް އެއީ ލަފާކުރި މިންވަރަށް ކުޑަކޮށް ދަށް އަދަދެކެވެ.

މީގެ އިތުރުން އެގައުމުގެ އެއާލައިން އިންޑަސްޓްރީއަށް ވެސް ރަނގަޅު ކުރިއެރުންތައް ލިބިފައިވާ ކަމުގެ ހެކިތައް ވެސް ފެނިފައިވެ އެވެ.

ޗައިނާ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 45 މިލިއަނަށް ވުރެ ގިނަ ވައިގެ ފަސިންޖަރުން ދަތުރުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ ވަގުތާ އަޅާބަލާއިރު ގާތްގަނޑަކަށް ތިންގުނަ އިތުރު އަދަދެކެވެ.

އެގައުމުން ވިސާއަށް އެދި ހުށަހެޅުމުގެ މަސައްކަތްތައް އަލުން ފެށީ މިދިޔަ މާޗް މަހުގެ ތެރޭގައި ހުރި ހުރަސްތަކަށް ބޮޑު ލުއިތަކެއް ދިންކަން އިއުލާން ކުރުމުންނެވެ.

ބެއިޖިން އިން ވަނީ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކާއި ޕްރޮޕަޓީ ޑިވެލޮޕަރުންނާ ދެކޮޅަށް ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފިޔަވަޅުތަކަށް ވެސް ލުއިތަކެއް ދީފަ އެވެ.

ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އެންމެ ފަހުގެ އަދަދުތައް ވަރުގަދަ ނަމަވެސް، ކުރިއެރުމުގެ އެ ދުވެލި އެގޮތުގައި ދެމިއޮތުމަކީ ގާތް ކަމެއް ނޫން ކަމަށެވެ.

"މެނުފެކްޗަރިން ޑިމާންޑް ދަށްވެދާނެ، އެއީ އެކްސްޕޯޓްގެ ބޫމް ދެމެހެއްޓޭނެ ކަމެއް ނޫން، ސަބަބަކީ ދުނިޔޭގެ އިގްތިސާދު އަވަސްވުމުގެ ބަދަލުގައި ލަސްވަމުންދާތީ،" ޝިދާތާ އިތުރަށް ވިދާޅުވި އެވެ.

ކޮރޯނާވައިރަސްގެ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ ޖީޑީޕީ ކުރިއެރުން ވަނީ ގާތްގަނޑަކަށް ބައިގަރުނުގެ ތެރޭގައި އެންމެ ދަށް އެއް ދަރަޖައަށް ވެއްޓިފަ އެވެ.

ޓެގްސް: ޗައިނާ ދުނިޔޭގެ ރެކޯޑް ދުނިޔޭގެ އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.