އަލްމަސީރާ ޓީވީގެ ވީޑިއޯ ފޫޓޭޖް، ޔަމަނުގެ ވެރިރަށް ސަނާގައި ބޭއްވި ސަދަގާތް ބެހުމުގެ ޙަރަކާތުގެތެރެއިން

ދުނިޔެ

ޔަމަނުގައި ސަދަގާތް ބެހުމުގެ ޙަރަކާތެއްގައި، ފިތިގެން 80 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އަލީ އަޒްޔަން - މެދުއިރުމަތި | 20 އޭޕުރިލް 2023 , ބުރާސްފަތި 09:19   118

ޔަމަންގެ ވެރިރަށް ސަނާގައި، ސަދަގާތް ބަހަން އުޅެނިކޮށް ފިތި ބާރުވެގެން 80 އަށްވުރެ ގިނަމީހުން މަރުވެއްޖެއެވެ.

ޔަމަންގެ ކަމާއިގުޅޭ އިދާރާތަކުން ހުއްދަ ނުހޯދައި އެއްވެސް ރޭވުންރެތިކަމެއް ނެތި ވިޔަފާރިވެރިންތަކެއް އިންތިޒާމްކުރި މި ހަރަކާތަށް އެތައް ސަތޭކަ ބަޔަކު އެއްވެފައި ތިބި ކަމަށް ހޫތީން ހިންގާ އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.

މިޙަރަކާތް ބާއްވާފައިވަނީ ޔަމަނުގެ ސްކޫލް ޢިމާރާތެއްގައެވެ.

ބެލެވޭ ގޮތުގައި އެއްވެ ތިބި މީހުން ބިރުގަތީ ބަޑިޖެހުމާއި ކަރަންޓު ގޮވުމަކުން ކަމަށް އޭޕީ އިން ރިޕޯޓްކޮށްފައިވެ އެވެ.

ހަތިޔާރު އެޅި ހޫތީން އެއްވެ ތިބި މީހުން ކޮންޓްރޯލް ކުރުމަށް ވައިގެ ތެރެއަށް ބަޑިޖަހާފައިވާއިރު، ބެލެވޭ ގޮތުގައި ކަރަންޓު ވަޔަރެއްގައި ޖެހި ގޮވުމެއް ހިނގާފައިވާކަމަށް މަންޒަރު ދުށް ދެ މީހަކު ބުނެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ދިހަވަރަކަށް މީހުން ވަނީ ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.

13 މީހެއްގެ ހާލު ސީރިއަސް ކަމަށް ހޫތީ ޓީވީއިން ބުނެއެވެ.

އެ ހަދިޔާތައް ހޯދުމަށް ސްކޫލަކަށް މީހުން ތޮއްޖެހިފައި ވާއިރު، އެއީ 5،000 ޔަމަނުގެ ރިޔާލް ނުވަތަ މީހަކަށް ގާތްގަނޑަކަށް 9 ޑޮލަރު ކަމަށް ސަލާމަތީ މަސައްކަތުގައި ބައިވެރިވި ދެ ބައިވެރިއަކު ރޮއިޓާސް ނިއުސް އެޖެންސީ އަށް ކިޔައިދީފައިވެއެވެ.

ހޫތީން ހިންގާ އިންޓީރިއާ މިނިސްޓްރީން ބުނީ އިންތިޒާމުކުރުމުގައި ބައިވެރިވި ދެމީހަކު ހިފަހައްޓައިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހޫތީ ޓީވީން ޓެލެގްރާމް މެސެޖިން އެޕްގައި އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ގިނަ ބަޔަކު އެއްވެ ޖަމާވެފައި ތިބިއިރު ބައެއް މީހުން ހަޅޭއްލަވައިގަނެ ސަލާމަތަށް ހޯދުމަށް އަތް ދިއްކޮށްލާ މަންޒަރުފެނެއެވެ.

ޔަމަނުގައި އަށް އަހަރަށް ދިގުމެދިގެން ގޮސްފައިވާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ދިހަހާސް މީހުން މަރުވެ، އިގްތިސާދު ފުނޑުފުނޑުވެ، އެތައް މިލިއަން ބަޔަކު ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިފައިވެއެވެ.

ޔަމަނުގެ 21 މިލިއަނަށް ވުރެ ގިނަ މީހުން ނުވަތަ އެގައުމުގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށް އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ކަމަށް އދ. އިން ބުނެފައިވެއެވެ.

ޓެގްސް: މެދުއިރުމަތި ރޯދަމަސް ޔަމަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.