ޗެޓްޖީޕީޓީ މެދުވެރިކޮށް އާޓިފިޝަލް އިންޓެލިޖެންސާއިއެކު މިހާރު ސްނެޕްޗެޓުން ވެސް ބޭނުން ސުވާލަކަށް ޖަވާބު ހޯދޭނެ

ދުނިޔެ

ސްނެޕްޗެޓުން ޗެޓްޖީޕީޓީ ބޭނުންކުރާ ޗެޓްބޮޓެއް ތައާރަފްކޮށްފި

އަލީ އަޒްޔަން - ދުނިޔެ | 23 އޭޕުރިލް 2023 , އާދީއްތަ 09:44   231

މަޝްހޫރު ސޯޝަލްމީޑިއާ އެޕް، ސްނެޕްޗެޓްގައި ޗެޓްޖީޕީޓީގެ ފީޗާރތައް ހިމަނައި އެޕް ހުރިހާ އެންމެނަށް ބޭނުންކުރެވޭނެ ގޮތް ހަދައިފިއެވެ.

ޗެކްޖީޕީޓީއަކީ މައިކްރޯސޮފްޓުން ފަންޑުކޮށްގެން ހަދާފައިވާ އާޓިފިޝަލީ އިންޓެލިޖެންޓް ސޮފްޓްވެއާއެކެވެ. މި ސޮފްޓްވެއަރ ބޭނުންކޮށްގެން، ސުވާލުތައް ލިޔެގެން ފަސޭހަކަމާއިއެކު ބޭނުން ސުވާލަކަށް ޖަވާބުހޯދެއެވެ.

ސްނެޕްޗެޓުން ބުދަ ދުވަހު އިއުލާން ކުރި ގޮތުގައި އެ ކުންފުނީގެ ކަސްޓަމައިޒް ކުރެވޭ މައި އޭއައި ޗެޓްބޮޓް، މިހާރު އެޕްގެ ތެރޭގައި ހުރިހާ ޔޫޒަރުންނަށް ވެސް ބޭނުންކުރެވޭނެ އެވެ. ވައިރަލް އެއައި ޗެޓްބޮޓް ޗެޓްޖީޕީޓީ އިން ޕަވަރ ކުރާއިރު މި ފީޗާ ކުރިން ލިބެން ހުރީ ހަމައެކަނި ސްނެޕްޗެޓް+ އަށް ފައިސާ ދައްކާ ފަރާތްތަކަށެވެ.

މި ޓޫލްގެ ސަބަބުން ރެކޮމެންޑޭޝަންތައް ހޯދުމާއި ސުވާލުތަކަށް ޖަވާބު ހޯދުމާއި ޕްލޭންތައް ހެދުމަށް އެހީތެރިވެދީ ސިކުންތުކޮޅެއްގެ ތެރޭގައި ހައިކު ލިޔެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ޔޫޒަރުންނަށް ނަމެއް ދީ، ކަސްޓަމް ބިޓްމޯޖީ އަވަޓަރެއް ޑިޒައިންކޮށްގެން އެއަށް އިތުރަށް ޕާސަނަލައިޒް ކުރެވޭނެ އެވެ.

މި ކުރިއެރުން ލިބިފައިމިވަނީ ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައި އިން ތިންވަނަ ފަރާތެއްގެ ވިޔަފާރިތަކަށް ޗެޓްބޮޓްގެ އެކްސެސް ހުޅުވާލިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ޗެޓްޖީޕީޓީ އިތުރަށް ފުރިހަމަކުރުން ތަޖުރިބާ ކުރި ކުރީގެ ޕާޓްނަރުންގެ ތެރޭގައި ސްނެޕް، އިންސްޓާކާޓް އަދި ޓިއުޓަރ އެޕް ކުއިޒްލެޓް ހިމެނެއެވެ.

ޓެގްސް: ސޯޝަލްމީޑިއާ އޭއައި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.