އެމެރިކާއަށް އައި ތޫފާނުގެ މަންޒަރުތަކެއް

ދުނިޔެ

އެމެރިކާއަށް ހިރަފުހުގެ ތޫފާނެއް އަރައި 7 މީހަކު މަރުވެއްޖެ

އަލީ އަޒްޔަން - އެމެރިކާ | 3 މެއި 2023 , ބުދަ 12:31   107

އެމެރިކާގެ އިލިނޮއިސް ސްޓޭޓް ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހު އިލިނޮއިސްގައި ހިނގި ހިރަފުހުގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު ހަތަކަށް އަރާފައިވާ ކަމަށެވެ.

އިލިނޮއިސްގައި ހުރި މަގުތަކާއި ހައިވޭއަކަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ދުން ތޫފާނެއް ވަދެ "ޒީރޯ ވިޒިބިލިޓީ" ހާލަތެއް މެދުވެރިވި ކަމަށް އިލިނޮއިސް ސްޓޭޓް ޕޮލިހުން ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ އިލިނޮއިސްގެ މެދުތެރޭގެ އިންޓަސްޓޭޓް 55 ގެ ދެ މޭލު ދިގު ސަރަހައްދެއްގައި ހިނގި މި ހާދިސާތައް ހިނގާފައި ވަނީ ހައިވޭގެ ދެފަރާތުގައި ހެނދުނު 11 ޖަހާކަންހާއިރު ކަމަށެވެ. އެކްސިޑެންޓަށް ފަހު ދެފަރާތުން ބަންދުކޮށްފައި އޮތް އެ ސަރަހައްދުގެ ހައިވޭ އަލުން ހުޅުވީ އަންގާރަ ދުވަހުގެ ހެނދުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ފަހުން ބުނީ އެކްސިޑެންޓްތަކުގައި 72 ވެހިކަލް ޖެހިފައިވާ ކަމަށާއި، އެ ހަތް މީހުން މަރުވި އެންމެން ވެސް މަރުވެފައި ވަނީ އުތުރަށް ދާ ލޭންތަކުގައި ކަމަށެވެ. ސްޕްރިންގްފީލްޑްގެ ދެކުނާއި އިންޑިއާނާޕޮލިސްގެ ހުޅަނގުން އިލްގެ ފާމަރސްވިލް ކައިރީގައި ހިނގި މި އެކްސިޑެންޓްތަކުގައި ޕެސެންޖަރު ކާރުތަކާއި ވިޔަފާރި އުޅަނދުތަކުގައި އަލިފާން ރޯވެފައިވާ ދެ ޓްރެކްޓަރ-ޓްރެއިލާ ވެސް ހިމެނެ އެވެ.

ޒަޚަމްވި މީހުންނަކީ 2 އަހަރާއި 80 އަހަރާ ދެމެދުގެ މީހުން ކަމަށާއި، އެމީހުންނަށް ލިބުނު އަނިޔާތަކަކީ ކުދިކުދި އަނިޔާތަކުން ފެށިގެން ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެމީހުންގެ އުޅަނދުތަކުން މީހުން ނެގުމަށް އުނދަގޫވިކަމަށާއި އޭގެ ތެރެއިން ބައެއް އުޅަނދުތަކުގައި އަލިފާންގަނޑު ރޯވުމުގެ ޙާދިޠާތައް ވެސް ހިނގާފައިވާކަމަށެވެ.

އަދި ޒަޚަމްތަކުގެ ބޮޑުކަމުން ދެ މީހަކު ދެނެގަތުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް އުނދަގޫތަކެއް ކުރިމަތިވިކަމަށެވެ.

މިފަދަ ހާލަތްތަކުގައި މިދިޔަ މަހު ޓެކްސަސްގެ އަމަރިލޯގައި އަށް ވެހިކަލް ޕައިލްއަޕް ކުރި ނަމަވެސް އެތަނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް އެފަހަރު ލިބިފައި ނުވާ ކަމަށެވެ.

ޓެގްސް: އެމެރިކާ ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.