ރަސްގެފާނު ޗާލްސްއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިދާނެ

ދުނިޔެ

އިނގިރޭސިންގެ މެދުގައި ރަސްކަމަށް އޮންނަ ތާޢީދުދަށަށް

އަލީ އަޒްޔަން - ޔޫރަޕް | 6 މެއި 2023 , ހޮނިހިރު 11:56   240

ލަންޑަންގެ ވެސްޓްމިންސްޓާ އެބީގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ރަސްގެފާނު ޗާލްސް ތިންވަނަ އާއި ރާނީ ކެމިލާ ތަޚުތުގައި އިށީނދެވަޑައިގެންފައިވާއިރު، ބައިނަލްޢަޤްވާމީ ނޫސްއިދާރާތަކުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ޕޯލްތައް ދައްކާގޮތުން، ރަސްކަމަށް އިނގިރޭސިންގެ މެދުގައި އޮންނަ ތާޢީދާއި ލޯބި ވަނީ ކުރިއާއި އަޅާ ބަލާއިރު އަނެއްކާވެސް ތިރިއަށް ޖެހިލައިފައެވެ.

މިކަމުގެ ސަބަބުން، ރަސްގެފާނު ޗާލްސްއަށް އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިދާނެކަމަށް މަސްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ދެކެއެވެ.

އިނގިރޭސިވިލާތުގެ ބޮޑެތި މީހުންގެ ތިންބައިކުޅަ އެއްބައި (%36) އަށް ވުރެ ގިނަ މީހުން ބުނާ ގޮތުގައި މީގެ 10 އަހަރު ކުރިއަށް ވުރެ ޝާހީ އާއިލާއާ މެދު އެމީހުންގެ ޚިޔާލު ގޯސް ވެފައިވާ ކަމަށް ވޯޓުލާ ކުންފުނި ސަވަންޓާ އިން ކުރި ސާވޭ އިން ދައްކަ އެވެ.

އެންމެ %21 މީހުން ބުނަނީ ފާއިތުވި ދިހަ އަހަރު ތެރޭގައި ޝާހީ އާއިލާއާ މެދު އެމީހުންގެ ވިސްނުން ރަނގަޅުވެފައިވާ ކަމަށާއި އަނެއް %41 މީހުން ބުނަނީ ޖުމްލަ ޚިޔާލު އެއްގޮތަކަށް ހުރި ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އާއިލާއާ ބެހޭ ޚަބަރުތަކަށް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ކޮންމެ 10 މީހަކުން ތިން މީހަކު ބުނާއިރު، %22 މީހުން ބުނަނީ ޝައުގުވެރިކަން ބޮޑުވެފައިވާ ކަމަށެވެ. ތަންކޮޅެއް މަދު ބަޔަކު ބުނަނީ އެމީހުންގެ އިންޓަރެސްޓް ލެވެލްއަށް ބަދަލެއް ނާންނަ ކަމަށެވެ.

އިނގިރޭސިވިލާތުގެ ގިނަ މީހުން ބުނާ ގޮތުގައި މި ހަފްތާ ބަންދުގައި ތާޖު އެޅުމާ ގުޅޭ މަދުވެގެން އެއް އިވެންޓެއްގައި ބައިވެރިވާން ރާވާފައިވާއިރު، މިއީ ސަގާފަތާއި ޕެޖެންޓްރީގެ ޝަރަފުވެރި ޑިސްޕްލޭއެއް ކަމަށް ބެލެވެ އެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.