އެއަރ ފްރާންސްގެ މަތިންދާބޯޓެއް، ފްރާންސްގައި ޤާނޫނަށް ބަދަލު ގެނެސްފައިވަނީ ތިމާވެއްޓާއި ރަށްޓެހި ގޮތަކަށް ދަތުރުފަތުރުކުރަން މަގުފަހިކުރަން

ދުނިޔެ

ފްރާންސްގައި ކުރު އެތެރޭގެ އުދުހުންތައް މަނާކޮށްފި

އަލީ އަޒްޔަން - ޔޫރަޕް | 25 މެއި 2023 , ބުރާސްފަތި 12:17   281

އެއާލައިންތަކުން ގޭސް ބޭރުކުރުން މަދުކުރުމުގެ މަގުސަދުގައި [ދެގަޑި ބައިއިރަށްވުރެ ކުރު] ރޭލުން ދަތުރުކުރެވޭ ކުރު ރޫޓުތަކުގައި އެތެރޭގެ ވައިގެ އުދުހުންތައް ފްރާންސުން ރަސްމީކޮށް ޤާނޫނަކުން މަނާކޮށްފި އެވެ.

އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި ޤާނޫނުގެ ސަބަބުން ގިނަ ޢަދަދަކަށް ދަތުރުކުރަމުން ދިޔަ، ޕެރިހާއި ނަންޓޭސް، ލިޔޯން އަދި ބޯޑޯ ފަދަ ސަރަހައްދީ ހަބްތަކާ ދެމެދު ވައިގެ ދަތުރުތައް ނުކުރެވޭނެއެވެ. ނަމަވެސް ކަނެކްޓިންގ ފްލައިޓްތަކަށް އެއްވެސް އަސަރެއް މިކަމުން ނުކުރާނެއެވެ.

ޔުނިވާސިޓީ އޮފް ކޮލޮރާޑޯ، ބޯލްޑަރގެ ތިމާވެށީގެ ދިރާސާތަކުގެ ޗެއާމަން މެކްސް ބޮއިކޯފް ވިދާޅުވީ ފްރާންސްގެ ގާނޫނަކީ ދުނިޔޭގެ ސަރުކާރުތަކަށް ޓެސްޓް ކޭސްއަކަށް ވާނެ ކަމަށެވެ.

"މީގެ ސަބަބުން ލިބިދޭ މާއްދީ އަސަރު ފުދޭވަރަކަށް ކުޑަ ނަމަވެސް - އޭވިއޭޝަނުން ދުނިޔޭއަށް ބޭރުވާ ގޭހުގެ އެންމެ 2 ޕަސެންޓް ކަމަށްވެފައި ރަމްޒީ ގޮތްގޮތުން ބަލާއިރު، މިއީ ބަދަލުތަކެއް އަންނާނެކަމެއް" ބޭރުގެ ނޫސް އެޖެންސީއަކުން ރިޕޯޓްކޮށްފައިވެއެވެ. “މިކަމުގެ ސަބަބުން ވާހަކަތައް އުފެދޭ ގޮތަކީ، މިހާރު އަޅުގަނޑުމެންނަށް ދައްކާ ގޮތާ އެއްގޮތަށް، އެހެން ޤައުމުތަކުން ވެސް ގޭސް ބޭރުކުރުން ކުޑަކުރުމުގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމެއް.”

އޭނާ ފާހަގަކުރެއްވި ގޮތުގައި ފްލައިޓްތަކާ އަޅާބަލާއިރު ހައިޑްރޯކާބަން ދޫކުރާ މިންވަރުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ރޭލް ދަތުރުތަކުން ދަށްވެއެވެ.

މި ފިޔަވަޅަކީ 2021 ވަނަ އަހަރުގެ މޫސުމާ ބެހޭ ގާނޫނެއްގައި ހިމަނައި، އަމަލީ ގޮތުން އަމަލުކުރި ފިޔަވަޅެއް ނަމަވެސް، ބައެއް އެއާލައިންތަކުން ވަނީ އެއީ ގާނޫނީ ފިޔަވަޅެއްތޯ ބެލުމަށް ޔޫރަޕިއަން ކޮމިޝަނަށް އެދިފަ އެވެ.

ގާނޫނުގައި ކަނޑައަޅާފައި ވަނީ އެއް ރޫޓެއްގައި ރޭލު ދަތުރުތައް ގިނައިން، ވަގުތުން އަދި ރަނގަޅަށް ގުޅިފައި އޮންނަން ޖެހޭނީ އެހެން ނޫންނަމަ ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ ބޭނުންތައް ފުއްދައިދީގެން ނުދާކަމަށެވެ.

އިންޑަސްޓްރީ ގްރޫޕް އެއާލައިންސް ފޯ ޔޫރަޕް (އޭ4އީ) ގެ ވަގުތީ ވެރިޔާ ލޯރެންޓް ޑޮންސެލް ވިދާޅުވީ ސަރުކާރުތަކުން ތާއީދު ކުރަން ޖެހޭނީ އެއާލައިންތަކުން ގޭސް ބޭރުކުރުމަށް "ރަމްޒީ މަނާކުރުން" އަށް ވުރެ "ހަގީގީ އަދި މުހިންމު ހައްލުތަކަށް" ކަމަށެވެ.

އޭ4އީ އިން 2050 ވަނަ އަހަރުގެ ނިޔަލަށް އަމިއްލަ ނެޓް ޒީރޯ ސްޓްރެޓެޖީއަށް އަލިއަޅުވާލިއިރު، އޭގެ ތެރޭގައި ޖެޓް ފިއުލް އިން ނޮން ފޮސިލް ސޯސްތަކަށް ބަދަލުވުމާއި ބެޓެރީ ނުވަތަ ހައިޑްރޯޖަން އިން ދުއްވާ މަތިންދާބޯޓުތައް ބޭނުންކުރުން ހިމެނެ އެވެ.

ޓެގްސް: ވައިގެ ދަތުރުފަތުރު ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.