އޭޝިއާނާ އެއަރލައިން، 194 މީހަކު ދަތުރުކުރި މިފްލައިޓް ޖެއްސި އިރުވެސް އެމަޖެންސީ ދޮރު ހުރީ ހުޅުވާފައި

ދުނިޔެ

އޭޝިއާނާ އެއަރލައިންގެ ޕަސިންޖަރަކު އެމަޖެންސީ ދޮރު ހުޅުވުމުން ހައްޔަރުކޮށްފި

އަލީ އަޒްޔަން - އޭޝިއާ | 27 މެއި 2023 , ހޮނިހިރު 00:26   241

އޭޝިއާނާ އެއާލައިންސްގެ ފްލައިޓެއް ދެކުނު ކޮރެއާއަށް ޖައްސަން އުޅެނިކޮށް އެ ފްލައިޓެއްގެ އިމަޖެންސީ ދޮރު ހުޅުވާލުމާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ހުކުރު ދުވަހު ޑޭގޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މާބޮޑު ގެއްލުމެއް ނުލިބި ފްލައިޓް ޖެއްސި ނަމަވެސް ދޮރު އިނީ ޖެއްސިއިރުވެސް ހުޅުވާފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ފްލައިޓުން ދަތުރުކުރި 194 ފަސިންޖަރުންނަށް އުނދަގޫތަކާއި ކުރިމަތިވި ނަމަވެސް، އެންމެންގެ ވެސް ފުރާނަ ސަލާމަތް ކުރެވިފައިވެއެވެ.

ބައެއް ފަސިންޖަރުން ހޭނެތިގެން ދިޔައިރު އަނެއް ބަޔަކަށް ނޭވާލާން އުނދަގޫވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

އުމުރުން 30 އަހަރުގެ މި މީހާ ހައްޔަރުކޮށްފައި ވަނީ ޖެއްސުމާއެކު ކަމަށް ޔޮންހަޕް ނިއުސް އެޖެންސީން ބުނެފައިވެއެވެ.

އެއާބަސް އޭ321-200 ޖެޓެއް ކަމަށްވާ ފްލައިޓް އޯޒެޑް8124 ހުކުރު ދުވަހު ކޮރެއާގެ ޖެޖޫ އައިލެންޑުން ފުރާފައި ވަނީ ލޯކަލް ގަޑިން ގާތްގަނޑަކަށް ހެނދުނު 11:45 ހާއިރު އެވެ.

އޭގެ ގަޑިއެއްހާއިރު ފަހުން ޖައްސަން އުޅެނިކޮށް، ބޯޓު ބިމާ 250 މީޓަރު ދުރުގައި ހުއްޓާ، ފިރިހެން ފަސިންޖަރަކު ވަނީ އެމަޖެންސީ ދޮރު ހުޅުވާލާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ބޯޓުގެ ކަނާތްފަރާތުގައި ތިބި ޕަސެންޖަރުންގެ ގައިގައި ބާރަށް ވައި އަޅަމުންދާ މަންޒަރު ފެނެއެވެ.

މިޚަބަރާއި ގުޅޭ ވީޑިއޯ ފުޓޭޖް

ފްލައިޓް އެޓެންޑެންޓުންނަށް އޭނާ ހުއްޓުވޭ ގޮތެއް ނުވީ ބޯޓު ޖައްސަން ކައިރިވެފައިވުމުން ކަމަށް މަންޒަރު ދުށް މީހުން ކިޔައިދީފައިވެއެވެ.

އެމީހުން ބުނި ގޮތުގައި އެމީހާ ވަނީ ދޮރު ހުޅުވާލުމަށްފަހު ބޯޓުން ފުންމާލަން ވެސް މަސައްކަތް ކޮށްފައެވެ.

ބޯޓުގައި ތިބި ފަސިންޖަރުން ބުނެފައިވަނީ ބިރުވެރިކަން އިޙްޞާސް ކުރެވުނުކަމަށެވެ.

"އަހަރެން ހީކުރީ ބޯޓު ގޮވަނީ ކަމަށް. އަހަރެން ހީކުރީ މިގޮތަށް މަރުވާނެ ކަމަށް،" ބޯޓުގައި ތިބި ޕަސިންޖަރުންގެ ތެރެއިން މީހަކު ކިޔައިދީފައިވެއެވެ.

ޓެގްސް: ވައިގެ ދަތުރުފަތުރު މަތިންދާ ބޯޓުގެ ޙާދިސާތައް ދެކުނު ކޮރެއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.