މިއަދު ހަވީރު މަރަދޫ ބަނދަރުގައި އޮތް ޖަލްސާގައި ހާހެއްހާ މީހުން ބައިވެރިވި

ހަބަރު

ރައީސް ސޯލިޙް އައްޑޫގައި، ބިމުގެ ވަޢްދު ފިޔަވާ އިތުރު ވަޢުދުތަކުގެ ވާހަކައެއް ނުދައްކަވާ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 3 ޖޫން 2023 , ހޮނިހިރު 21:50 1   408

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް، ސަރުކާރުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު އައްޑޫސިޓީ އަށް ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ސަރުކާރުގެ ހިންގެވުމުގައި އިސްކޮށް އުޅުއްވާ 100 އެއްހާ ބޭފުޅުން ވެސް އަރިހުގައި ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއާއި، އިޤްތިޞޯދީ ވަޒީރު ފައްޔާޒް އިސްމާޢިލްގެ އިތުރުން ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ގިނަ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނި ވަޑައިގަނެއެވެ.

ރައީސް ސޯލިޙް ވަނީ މިއަދު ހަވީރު ސ.މަރަދޫ ބިން ހިއްކާ ސަރަޙައްދަށް ވަޑައިގެން، ބިން ހިއްކުމުގެ މަޝްރޫޢު ފައްޓަވާދެއްވާފައެވެ.

މަޝްރޫޢު ފައްޓަވާ ދެއްވުމަށްފަހު ރައީސް ވަނީ ވަޑައިގެން ތިއްބެވި ބޭފުޅުންނާއި މުޚާތަބްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިހާރު މިއޮތް އެމްޑީޕީ ސަރުކާރު ވެރިކަމަށް އައުމަށްޓަކައި މައިގަނޑުގޮތެއްގައި ވިއްކާފައިވަނީ، ފަސް އަހަރުތެރޭގައި ފުއްދާނެކަމަށް ބުނާ 40 ވަޢުދު ހިމެނޭ އައްޑޫ ވަޢުދު ނާމާ އެކެވެ.

ނަމަވެސް، މައިގަނޑު ގޮތެއްގައި ރައީސްގެ ވާހަކަފުޅު ބައްޓަންކުރައްވާފައި ހުރީ ބިންހިއްކައިގެން ލިބޭނެ ފައިދާ އާއި، އެޕްރޮޖެކްޓަށް ފަހު އުފެދިގެންދާނެ ވަޒީފާ އާއި އިޤްތިޞޯދީ ފުރުޞަތުތަކުގެ ވާހަކައެވެ.

ސަރުކާރުން ބިން ހިއްކުމާއި މަގުތައް ހެދުމުގެ ދެ ވަޢުދު ފިޔަވައި، ބާކީ ހުރި ވަޢްދުތަކުގެ ވާހަކަތައް ނުދައްކަވައެވެ. އަދި އެކަމާއި ވާހަކަ ދެއްކުމަށް އިންކާރުކުރެއެވެ.

ސަރުކާރުން މިހާރު ހިއްކަމުންދާ ސަރަޙަދުތަކަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދާމާގެ ބަޖެޓެއް މިހާތަނަށް ހަދާފައި ނުވެއެވެ. އެހެންކަމުން، ބިން ހިއްކުމުގެ މަޝްރޫއު އިން ރައްޔިތުންނަށް މިދައުރުގައި އެއްވެސް މަންފާއެއްކޮށްފާނެކަމާއި މެދު ވެސް ވަނީ ޝައްކު އުފެދިފައެވެ.

ރައީސްގެ ވާހަކަފުޅުގައި އައްޑޫގެ މަގުތަކުގައި ތާރުއަޅައި ނިންމާނެކަމަށް ތަކުރާރުކޮށް މިއަދު ވެސް ވިދާޅުވި ނަމަވެސް، މިހާތަނަށް ތާރު އަޅާފައިވަނީ އެންމެ 20 ޕަސެންޓް މަގުތަކުގައެވެ. ބަކީ ހުރި މަގުތަކުގައި އަޅާތާރަ އަށްވާ ފައިސާ މިހާތަނަށް ހަމަޖެހިފައިނުވެއެވެ.

މާދަމާ ހިތަދޫގައި ރައީސް ސޯލިޙް ބައިވެރިވަޑައިގަންނަވާ ޖަލްސާއެއް މާދަމާ ހިތަދޫ ސިޓީ ސްކުއާރގައި އޮންނާނެއެވެ. މި ޖަލްސާއަށް އައުމަށް ހުރިހާ ރަށަކުން ވެސް ގިނަޢަދަދެއްގެ ބަޔަކަށް ދަޢުވަތު ދީފައިވެއެވެ.

މިއަދު ބިން ހިއްކުމުގެ ޙަރަކާތަށް ގާތް ގަނޑަކަށް ހާހެއްހާ މީހުން ބައިވެރިވެފައިވާކަމަށް ލަފާކުރެވެއެވެ. ހުޅުދޫ މީދޫ ސަރަޙައްދުން ވެސް 200 އަށްވުރެ ގިނަ މީހުން އައިސް ބައިވެރިވެފައެވެ.

ރައީސްގެ މިދަރުުތުފުޅުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ކްރޫ އިންނާއި ފޮޓޯގްރާފަރުންނާއި ސޯޝަލްމީޑިއާ އެކްޓިވިސްޓުން އަދި ޖާނަލިސްޓުންގެ ބޮޑު ޓީމެއް ހިމަނާފައިވެއެވެ.

މިލިޔުމާއިގުޅޭ ފޮޓޯތައް

މިލިޔުމާއި ގުޅޭ :

ވަޢުދުތައް ނުފުއްދޭ، ރައީސް އަނެއްކާވެސް އައްޑޫއަށް!

ވަޢުދުތައް ނުފުއްދޭތީ، މަސްއޫދު އެމްޑީޕީ ދޫކޮށް ޕީޕއެމް އަށް

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.