އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޮޑީ ވަނީ ޒިޔާރަތްކުރައްވައި ތަޙްޤީގުކުރައްވާނެކަމަށް ވިދާޅުވެފައި

ދުނިޔެ

ފަހުގެ ޠާރީޚެއްގައި އިންޑިއާގައި ހިނގާދިޔަ އެންމެބޮޑު ރޭލު އެކުސިޑެންޓުގައި 288 މީހުން މަރުވެއްޖެ

އަލީ އަޒްޔަން - އިންޑިއާ | 4 ޖޫން 2023 , އާދީއްތަ 10:20   328

އިންޑިއާގައި ދެ ދަހަރު ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ރޭލް އެކްސިޑެންޓުގައި 288 މީހުން މަރުވެފައިވާ ކަމަށް އިންޑިއާގެ އޮފިޝަލުން ހޮނިހިރު ދުވަހު ބުނެފި އެވެ.

ހުކުރު ދުވަހުގެ އެކްސިޑެންޓުގައި އެއް ރޭލު، އެގައުމުގެ އިރުމަތީ އޮޑިޝާ ސްޓޭޓްގެ ބަލަސޯރޭ ޑިސްޓްރިކްޓްގައި ކައިރީގައި ޕާކްކޮށްފައި އޮތް މުދާ އުފުލާ ރޭލެއްގައި ޖެހި، ރޭލް ކާރުތަކުގެ ތެރެއިން 803 މީހުން ޒަހަމްވެފައިވެ އެވެ.

މަރުވި މީހުންގެ އަދަދު 288 އަށް އަރާފައިވާ ކަމަށް ސައުތު އީސްޓަން ރޭލްވޭގެ ޗީފް ޕަބްލިކް ރިލޭޝަންސް އޮފިސަރު ވިދާޅުވެފައިވެއެވެ.

މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ކޯޗުތަކުގައި އަދިވެސް ތާށިވެފައިވާއިރު ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަންޒަރު ދުށް މީހަކު މީޑިއާގައި ބުނިއިރު، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

އިބްތިދާއީ ރިޕޯޓުން ދައްކާ ގޮތުގައި އެކްސިޑެންޓް ހިނގީ ސިގްނަލް ފެއިލްވުމުގެ ސަބަބުން ކަމަށް އަނަންދު ވިދާޅުވި އެވެ.

"ކޮރޮމަންޑެލް އެކްސްޕްރެސް ދަތުރުކުރަން ޖެހުނީ މެއިން ލައިންގައި ނަމަވެސް އޭގެ ބަދަލުގައި ލޫޕް ލައިނަށް ސިގްނަލް ދީފައި ރޭލު ޖެހުނީ އެތަނުގައި ކުރިން ޕާކްކޮށްފައި އޮތް މުދާއުފުލާ ރޭލެއްގައި. އޭގެ ކޯޗުތައް ދެން ވެއްޓުނީ ދެފަރާތުގެ ޓްރެކްތަކަށް، ވެސް ރޭލުން ޑިރެއިލްވެގެން." ހައުރާ ސުޕަފާސްޓް އެކްސްޕްރެސް،" އޭނާ ވިދާޅުވި އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ހާދިސާ ހިނގި ތަނަށް ވަޑައިގެން، ސަލާމަތީ މަސައްކަތްތެރިންނާ ވާހަކަ ދައްކަވައި، ހަށިތައް ބައްލަވާލެއްވި އެވެ. އަދި ސަލާމަތްވި މީހުންނާ ވެސް އޭނާ ހޮސްޕިޓަލްތަކުގައި ބައްދަލުކުރި އެވެ.

މޯދީ ވިދާޅުވީ މިޙާދިސާ ތަޙްގީގުކުރައްވައި ފިޔަވަޅު އަޅަންޖޭހޭފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ޓެގްސް: އިންޑިއާ އެކްސިޑެންޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.