ައެމޭޒަންގެ އެލެކްސާ ޑިވައިސްއެއް ކޮޓަރިއެއްގެ ތެރޭގައި ބެހެއްޓިފައި

ޓެކްނޯލޮޖީ

އެމޭޒަން ކާޓްގައި ހުންނަ ތަކެތި ސޭލް އަޅުވާނަމަ އެލެކްސާ އިން މިހާރު އަންގާދޭނެ

އަލީ އަޒްޔަން - އެމެރިކާ | 1 އޭޕުރިލް 2022 , ހުކުރު 09:46   179

އެމޭޒަން ކުންފުނިން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ ގޮތުން އެމޭޒަން އިން ވިޔަފާރިކުރާ ފަރާތްތަކުގެ 'ވިޝްލިސްޓް' ގައި ހުންނަތެކެތި ސޭލް އަޅުވާނަމަ އެލެކްސާ މެދުވެރިކޮށް ނޮޓިފިކޭޝަން ލިބޭ ފިޗާއެއް އެކުންފުނިން ތަޢާރަފްކޮށްފިއެވެ.

ޓެކް ކްރަންޗް ބުނާގޮތުން މިހާރު ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ޑީލެއް ނޫނީ ސޭލެއް އެޅުވުމުގެ 24 ގަޑިއިރު ކުރިން އެކަން އަންގާދީ އޯޑަރުކުރަން ބުނެފިނަމަ އެކަން ވެސް ކޮށްދޭނެއެވެ.

'ސޭވް ފޯ ލޭޓާރ' ނުވަތަ ފަހުން ބަލާލަން ބޭނުންވާ ލިސްޓުގައި ހުންނަ ތަކެތި ވެސް މީގެ ތެރޭގައި ހިމެނިދާނެއެވެ.

މި ފީޗާރ 'އެނޭބަލް' ކުރުމަށްޓަކައި އެމޭޒަންގެ ޝޮޕިންގ ސެކްޝަނަށް ވަދެ 'ނޮޓިފިކޭޝަން ސެޓިންގ ތެރެއިން' ޝޮޕިންގ ރިކޮމެންޑޭޝަން ގައި ފާހަގައެއް ލާނީ އެވެ.

އެމޭޒަން އިން ބުނީ މިފީޗަރ ޑިޒައިން ކުރެވިފައިވަނީ ދުވަހުން ދުވަހަށް ކުރަން ހުންނަ ކަންކަން ފަސޭހަ ކުރުމަށާއި ސޭލްތަކުން ފުރުޞަތު ނުގެއްލި ވަގުތުތައް ސަލާމަތް ކުރަން ވިސްނައިގެންނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.