ލިންޑާ ޔަކަރީނޯ، މަސްކު ޓްވިޓާ ގަނެފައިވަނީ 44 ބިލިއަން ޑޮލަރަށް މިދިޔަ އޮކްޓޯބަރ މަހު

ވިޔަފާރި

ޓްވިޓާގެ ހިންގުން ހަރުދަނާކުރަން، ސީއީއޯ މަސްކު އެއްފަރާތްވެއްޖެ

އަލީ އަޒްޔަން - ދުނިޔެ | 7 ޖޫން 2023 , ބުދަ 17:42   446

އެންބީސީޔުނިވާސަލްގެ ކުރީގެ މާކެޓިން އެގްޒެކެޓިވް ލިންޑާ ޔަކާރިނޯ ހޯމަ ދުވަހު ރަސްމީކޮށް ޓްވިޓާގެ ސީއީއޯގެ މަގާމާއި ޙަވާލުވެއްޖެއެވެ.

އޭނާ މިމަޤާމާއި ހަވާލުވީ އެލޮން މާސްކްގެ ސީއީއޯ ކަމުން އެއްފަރާތްވުމުންނެވެ.

“މިކަން މިގޮތަށް ވެއްޖެ. މިއަދަކީ ފުރަތަމަ ދުވަސް ކަމަށް ލިޔެވިގެންދާ ދުވަސް. ސްޓޭ ޓިއުން...” ހޯމަ ދުވަހުގެ ރޭ ދަންވަރު ޔަކާރިނޯ ކުރެއްވި ޓްވީޓެއްގައި ބުނެފައިވެ އެވެ.

މީގެ އެއް ދުވަސް ކުރިން ޔަކާރީނޯ ވަނީ ޓްވިޓާ އިން އެންބީސީޔޫގެ ކުރީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ކޮމިއުނިކޭޝަންސް ފޯ އިޝްތިހާރު އަދި ޕާޓްނަޝިޕް ޖޯ ބެނަރޮޗް އެކުންފުނީގައި އޭނާއާ އެކު ގުޅޭނެކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ. ބެނާރޮޗް މަސައްކަތް ކުރާނީ ވިޔަފާރީގެ އޮޕަރޭޝަންތަކުގައި ކަމަށް އޭނާގެ ލިންކްޑްއިން ޕްރޮފައިލްގައިވެ އެވެ.

“ހިނގާ މަސައްކަތަށް ނިކުންނަން.” ޔަކާރިނޯ އެ ޓްވީޓްގައި ބުންޏެވެ.

ނިއުޔޯކް ޓައިމްސް އާއި ދަ އިންފޮމޭޝަން އިން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަކާރީނޯ ރަސްމީކޮށް ޓްވިޓާގެ ސީއީއޯގެ މަގާމަށް ފަށާނީ ހޯމަ ދުވަހު އެވެ. ޓްވިޓާގެ ބަހެއް ހޯދުމަށް އެދުމުން ޖަވާބެއް ދީފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންބީސީޔޫގެ ގްލޯބަލް އެޑްވަޓައިޒިން އެންޑް ޕާޓްނަޝިޕްސްގެ ކުރީގެ ޗެއާމަން ޔަކާރިނޯ ވިޔަފާރީގެ އޮޕަރޭޝަންތަކަށް ފޯކަސްކޮށްގެން ޓްވިޓާގެ ސީއީއޯގެ މަގާމާ ހަވާލުވާނެ ކަމަށް ކުންފުނީގެ އެންމެ ބޮޑު ޙިއްސާދާރު، އީލާން މާސްކް ވެސް ވަނީ މެއި މަހު އިއުލާންކޮށްފަ އެވެ.

ޑިސެމްބަރު މަހު މާސްކް ވަނީ ޓްވިޓާގެ ސީއީއޯގެ މަގާމަށް ފަހަތަށް ޖެހެންވީތޯ ޔޫޒަރުންނާ ސުވާލުކޮށް ޕްލެޓްފޯމްގައި ޕޯލެއް ކުރިއަށް ގެންގޮސް، އެ ޕޯލް ނިމުނީ ގިނަ ޔޫޒަރުން އެގޮތަށް ވޯޓު ދީގެންނެވެ.

ޓެގްސް: ޓްވިޓާ އީލާން މަސްކް ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.