އެޕަލްގެ އަގުހެޔޮ ފޯން އެސްއީ3 ދައްކާލަނީ

ވިޔަފާރި

އެޕަލްގެ އަގުހެޔޮ ފޯން، އައިފޯން އެސްއީ3 ބާޒާރަށް ނެރެފި

އަލީ އަޒްޔަން - އެމެރިކާ | 1 އޭޕުރިލް 2022 , ހުކުރު 10:28   350

އެޕަލް ކުންފުނިން އަގުހެޔޮ އާ ފޯނެއް 'އެސްއީ3' ގެ ނަމުގައި ބާޒާރަށް ނެރެފި އެވެ.

ޢާއްމުގޮތެއްގައި އެޕަލް ކުންފުނީގެ ފޯނުތަކާއި ކޮމްޕިއުޓަރާއި ޓެކްނޮލޮޖީގެ އާލާތްތަކަކީ ކޮންމެ މީހަކުވެސް ލިބުމަށް އެދޭ އެހެނަސް އަތް ނުފޯރާ އަގުގައި ހުންނަ ތަކެއްޗެވެ.

މިފަހަރު މީ އައިފޯނެއް ބޭނުންވެގެން ނުގަނެވިފައި ތިބި ފަރާތްތަކަށް ރަނުގެ ފުރުޞަތެކެވެ.

އަދި ތެކެތީގެ އަގު އިންހާއަށް އުފުލެމުންދާ މިދަނޑިވަޅުގައި އެޕަލްގެ މި އަގުހެޔޮ ފޯނުގެ ސަބަބުން ގިނަބަޔަކަށް އޭގެފައިދާ ކުރާނެއެވެ. ވަކިން ޚާއްސަކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ފޯނަކަށް މިފޯނު ވާނެއެވެ.

ވީޑިއޯ: އައިފޯން އެސްއޭ3 ގެ ރިވިއުއެއް ކިޔާދެނީ

މިފޯނު ދިގު މުއްދަތަކަށް ބޭނުން ކުރެވުމުގެ އިތުރުން ވިޔަފާރިތަކަށް ޚާއްސަވާ އިތުރު ކަންކަމުގެ ތެރޭގައި ބެޓަރީ ހިފެހެއްޓޭ މިންވަރު އިތުރުވެ، މުޅިން އާ އަދި އެޑްވާންސްޑް ކެމެރާ ސިސްޓަމެއްގެ އިތުރުން ޑީޕް ފިއުޝަން، ފޮޓޯ ގްރަފިކް ސްޓައިލްތަކާއި އެހްޑީއާރ 4 ގެ ފީޗާރތައް ހިމެނެއެވެ.

ވަޔަރލެސްކޮށް ޗާޖު ކުރެވޭއިރު، ތިރީސް މިނެޓް ތެރޭ މިފޯނު 50 ޕަސެންޓާއި ހަމައަށް ޗާޖުކޮށްދެއެވެ. އެސްއީ3 ގައި ފިންގަރޕްރިންޓް ބޭނުންކޮށްގެ ފޯނު ހުޅުވޭނެއެވެ.

އެޕަލް ކުންފުނީގެ ވެބްސައިޓްގައި ވާގޮތުން މީގެ ފޯނެއް 428 ޑޮލަރުން ފެށިގެން މައްޗަށް ލިބެން އެބަހުއްޓެވެ. އެޕަލް ކުންފުނިން މިފަދަ ފޯނެއް އެސްއީ2 ގެ ނަމުގައި 2020 ވަނަ އަހަރު ނެރުނެވެ. އޭރުގެ އެފޯނުގައި ވެސް އައިފޯންގެ އަގުބޮޑު ފޯނުތަކުގައި ހުންނަ ގިނަ ފީޗާތައް ހުއްޓެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.