ޓްރަމްޕް މައާމީ އެއާރޕޯޓްގައި ޖައްސާފައިވަނި އޭނާގެ އަމިއްލަ ޓްރަމްޕް ފޯސް ވަން ޖެޓުގައި

ދުނިޔެ

ޓްރަމްޕް އޭނާގެ ޝަރީޢަތުގެ ކުރިން ފްލޮރިޑާއަށް ވަޑައިގެންފި

އަލީ އަޒްޔަން - އެމެރިކާ | 13 ޖޫން 2023 , އަންގާރަ 09:10   302

ޓްރަމްޕް އޭނާގެ ޝަރީޢަތުގެ ކުރިން ފްލޮރިޑާއަށް ވަޑައިގެންފިއެވެ.

ޝަރީޢަތް ފެށުމަށް ތާވަލުކުރެވިފައިވަނީ އަންގާރަ ދުވަހުއެވެ. އޭނާގެ މައްޗަށް ޝަރީޢަތް ހިންގަނީ ޤާނޫނުން ބޭރުން ޤައުމީ ސަލާމަތާއި ގުޅުހުން ހުރި މަޢުލޫމާތުތަކެއް ވައިޓްހައުސްއިން ބޭރުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ޓްރަމްޕް ފްލޮރިޑާއަށް ވަޑައިގެންފައިވަނީ ނިއުޔޯކުގައި ހުންނަ އޭނާގެ ގޮލްފު ދަނޑުން ފުރައިގެން އަމިއްލަ އެއަރފޯސް ޖެޓުގައެެވެ.

މިއީ މިއަހަރު ތެރޭގައި އޭނާގެ މައްޗަށް ޝަރީޢަތް ހިންގޭ ދެވަނަފަހަރެވެ.

ޝަރީޢަތްތަކަށް ޙާޒިރުވަމުން ދިޔަނަމަވެސް ޓްރަމްޕް ގެންދަވަނީ 2024 ގައި ބޭއްވޭ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކެމްޕޭނުކުރައްވަމުންނެވެ.

ޓެގްސް: ޑޮނަލްޑް ޓްރަމްޕް އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.