ރަޝިއާގެ ރަޢިސް ޕުޓިން ބެލެރޫސްގެ ރައީސް ލޫޝެންކޯ އާއިއެކު

ދުނިޔެ

ނިއުކްލިއާރ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެނަމަ ފަސް ނުޖެހޭނެކަމަށް ބެލެރޫސް އިން ބުނެފި

އަލީ އަޒްޔަން - ޔޫރަޕް | 15 ޖޫން 2023 , ބުރާސްފަތި 00:30   126

ކަންތައްތައް މާބޮޑަށް ގޯސްވެއްޖެނަމަ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެކަމަށް، ރަޝިއާއަށް ވާގިވެރިވެދޭ ބެލެރޫސްގެ ރައީސް އެލެގްޒެންޑަރ ލުކާޝެންކޯ ވިދާޅުވެއްޖެ ކަމަށް ބެލަރޫސްގެ ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.

ބެލެރޫސް އަކީ ރަޝިއާ އަދި ޔޫކްރޭނާއި ގުޅޭ ބޯޑަރުގައި އޮންނަ ޤައުމެކެވެ.

ލޫކަޝެންކޯ އަންގާރަ ދުވަހު ވިދާޅުވީ ހަތިޔާރު ބަހައްޓަން މިންސްކް ސިޓީ ތައްޔާރަށް އޮތް ކަމަށާއި އެއީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހަތިޔާރު ޖުލައި 7-8 އަށް ބެހެއްޓޭނެ ކަމަށް ވިދާޅުވިތާ ދުވަސްތަކެއް ފަހުން ކަމަށެވެ.

“ހުރިހާ ކަމެއް ތައްޔާރު. އަހަރެންނަށް ހީވަނީ އަހަރެމެން އެދުނު އެއްޗެއް މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބޭނެހެން، އަދި އެއަށްވުރެ ތަންކޮޅެއް އިތުރަށް ލިބޭނެހެން،” އަންގާރަ ދުވަހު ބެލްޓާ ނިއުސް އެޖެންސީ އާއި ހަވާލާދީ ކޮމެންޓްތަކުގައި އޭނާ ބުނެފައިވެއެވެ.

ލުކާޝެންކޯ ވަނީ އުދުވާނީ ހަމަލާދޭ މީހުންނަށް ރައްދުދިނުމުގެ ގޮތުން އެ ހަތިޔާރުތައް ބޭނުން ކުރަން ފަސްނުޖެހޭނެ ކަމަށް އިންޒާރު ދީފަ އެވެ.

“އަހަރެމެން އެމީހުން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ބެލަރޫސްގެ ބިމުގައި އެންމެ ބިދޭސީ ސިފައިންގެ މީހަކު ވެސް ދެން ފައި ނުޖެހޭނެކަން ޔަގީން ކުރުމަށް،” އޭނާ ބުނެފައިވެއެވެ.

ޕޫޓިން ވަނީ ޔޫކްރޭންގެ ހަނގުރާމައަކީ ރަޝިޔާގެ ސަލާމަތާއި ނޭޓޯގެ އިއްތިހާދު ފުޅާވަމުންދާ ހަނގުރާމައެއްގެ ގޮތުގައި ކަނޑައަޅައި، މޮސްކޯއާއެކު ޕްރޮކްސީ ހަނގުރާމައެއްގައި ހުޅަނގުން ޔޫކްރޭނަށް ހަތިޔާރު ޕަމްޕް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މާޗް މަހު އޭނާ ވަނީ މޮސްކޯގެ "ޚާއްޞަ އަސްކަރީ އޮޕަރޭޝަންގެ ލޯންޗިން ޕެޑެއް ކަމަށްވާ ބެލަރޫސްއަށް ހަތިޔާރު ބަދަލުކުރަން ނިންމިކަން އިއުލާން ކޮށްފައިވެއެވެ.

އެމެރިކާއިން އެ ޕްލޭން ކުށްވެރިކުރިއިރު، އެމެރިކާއިން ބުނަނީ ސްޓްރެޓެޖިކް ނިއުކްލިއާ ހަތިޔާރާ މެދު ގެންގުޅޭ އުސޫލުތައް ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ޔޫކްރޭންގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ރަޝިޔާ ތައްޔާރުވަމުންދާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.

ޓެގްސް: ރަޝިއާ ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.