ރަޝިއާގެ ރައީސް ވުލާޑްމީރު ޕުޓިން

ދުނިޔެ

އެންމެ ފުރަތަމަ ނިއުކްލިއާ ހަތިޔާރުތައް ބެލަރޫސްއަސް ގެންދެވިފައިވާކަން ޕުޓިން ކަށަވަރުކޮށްދީފި

އަލީ އަޒްޔަން - ޔޫރަޕް | 17 ޖޫން 2023 , ހޮނިހިރު 10:25   314

އެންމެ ފުރަތަމަ ނިއުކްލިއާ ހަތިޔާރުތައް ބެލަރޫސްއަސް ގެންދެވިފައިވާކަން ޕުޓިން ކަށަވަރުކޮށްދީފިއެވެ.

ރަޝިޔާއިން ވަނީ މީގެ ކުރިން ވެސް ބެލަރޫސްގައި ނިއުކްލިއާ ހަތިޔާރުގެ ބެޗެއްގެ ޓެކްޓިކަލް ހަތިޔާރު ބަހައްޓާފައި ކަމަށް ވްލަޑިމިއާ ޕޫޓިން ވިދާޅުވެފައިވެއެވެ.

ރަޝިޔާގެ ރައީސް ފޯރަމެއްގައި ވިދާޅުވީ މިހަތިޔާރުތައް އެމީހުން ބޭނުން ކުރާނީ ރަޝިޔާގެ ސަރަހައްދަށް ނުވަތަ ދައުލަތަށް ނުރައްކާ ކުރިމަތިވެއްޖެ ނަމަ ކަމަށެވެ.

އެމެރިކާ ސަރުކާރުން ކުރިން ބުނެފައިވަނީ ކްރެމްލިން އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން ޔޫކްރޭނަށް ހަމަލާދޭން ރާވާފައިވާ ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށެވެ.

"ރަޝިޔާއިން ނިއުކްލިއާ ހަތިޔާރެއް ބޭނުން ކުރަން ތައްޔާރުވަމުންދާ ކަމުގެ އެއްވެސް އިޝާރާތެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޕޫޓިންގެ ވާހަކަފުޅަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ވިދާޅުވި އެވެ.

ބެލަރޫސް އަކީ ރަޝިޔާގެ މުހިންމު އެކުވެރިއެއް ކަމަށާއި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕޫޓިން ޔޫކްރޭނަށް ފުރިހަމައަށް އަރައިގަތުމަށް ލޯންޗްޕެޑެއްގެ ގޮތުގައި ވެސް ހިދުމަތް ކޮށްފައިވާ ގައުމެކެވެ.

ޕޫޓިން ވިދާޅުވީ ޓެކްޓިކަލް ނިއުކްލިއާ ވޯހެޑްތައް ބަދަލުކުރުމުގެ މަސައްކަތް ހޫނު މޫސުމުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށެވެ.

ސެއިންޓް ޕީޓާސްބާގް އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ދެއްކެވި ވާހަކަފުޅަށް ފަހު ސުވާލުތަކަށް ޖަވާބު ދެއްވަމުން ރަޝިޔާގެ ރައީސް ވިދާޅުވީ މިއީ "ކޮންޓެއިންމަންޓާ" [މަސްރަޙް ހިފެހެއްޓުން] ގުޅޭ ފިޔަވަޅެއް ކަމަށާއި "އަހަރެމެންނަށް ސްޓްރެޓެޖިކް ބަލިވުމެއް ގެނައުމަށް ވިސްނާ" ކޮންމެ މީހަކަށް ހަނދާންކޮށްދިނުމަށް ކަމަށެވެ.

އެ ހަތިޔާރުތައް ބޭނުން ކުރުމުގެ ފުރުސަތު އޮތްތޯ ފޯރަމްގެ މޮޑެރޭޓަރު ސުވާލު ކުރުމުން ޖަވާބު ދެއްވީ "މުޅި ދުނިޔެއަށް ނުރައްކާ ކުރަންވީ ކީއްވެގެންތޯ؟ އަޅުގަނޑު ކުރިން ވެސް ބުނިން ރަޝިޔާގެ ދައުލަތަކަށް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ ހައްދުފަހަނަޅާފައިވާ ފިޔަވަޅުތައް ބޭނުން ކުރުމަކީ ކުރެވިދާނެ ކަމެއް" ކަމަށެވެ.

ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރަކީ ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުމަށް ނުވަތަ ލިމިޓެޑް ސްޓްރައިކަކަށް ބޭނުންކުރުމަށް ޚާއްޞަކޮށްފައިވާ ކުދި ނިއުކްލިއަރ ވޯހެޑްތަކާއި ޑެލިވަރީ ސިސްޓަމްތަކެކެވެ. އެއީ ފުޅާދާއިރާއެއްގައި ރޭޑިއޯއެކްޓިވް ފޯލްއައުޓް ނުވެ ވަކި ސަރަހައްދެއްގައި ހުންނަ ދުޝްމަނުންގެ އަމާޒުތައް ނައްތާލުމަށް ފަރުމާކޮށްފައިވާ ތަކެތި ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ކުދި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރުތަކަކީ އެއް ކިލޯޓަން ނުވަތަ އެއަށްވުރެ ކުޑަ ހަތިޔާރަކަށް ވެދާނެ (އެއީ ގޮވާ ޓީއެންޓީގެ ހާސް ޓަނާ އެއްވަރުގެ އެއްޗެއް އުފައްދާ އެއްޗެކެވެ). އެންމެ ބޮޑެތި ތަކެތި 100 ކިލޯޓަނަށް ވެސް ބޮޑުވެދާނެ އެވެ. އަޅާކިޔާއިރު، 1945 ވަނަ އަހަރު އެމެރިކާއިން ހިރޯޝިމާއަށް ވައްޓާލި އެޓޮމިކް ބޮމަކީ 15 ކިލޯޓަނުގެ ބޮމެވެ.

ޓެގްސް: ރަޝިއާ ނިއުކްލިއާ ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.