އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން، ޗައިނާގެ ރައީސް ޝީ އާއިއެކު

ދުނިޔެ

ހީނަރުވެފައިވާ ގުޅުން ރަނގަޅުކުރަން މަސައްކަތްކުރުމަށް އެމެރިކާ އާއި ޗައިނާއިން ވަޢުދުވެއްޖެ

އަލީ އަޒްޔަން - ދުނިޔެ | 20 ޖޫން 2023 , އަންގާރަ 07:09   311

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ބެއިޖިންއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅާއިއެކު، އެމެރިކާއާއި ޗައިނާގެ ގުޅުން ހަމައަކަށް އެޅުވުމުގެ މަސައްކަތްކުރުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

ބްލިންކެން ވަނީ ހޯމަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި، ވާދަވެރި ސުޕަޕަވަރުތަކުގެ މެދުގައި މަތީ ފެންވަރުގެ މުއާމަލާތްތައް އަލުން ފަށާފައެވެ.

ޝީ ވިދާޅުވީ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، ބްލިންކެން ވަނީ ދެފަރާތުންވެސް އިތުރު މަޝްވަރާތަކަށް ހުޅުވާލެވިފައިވާ ކަމަށް އިޝާރާތް ކުރައްވާފައެވެ.

އެކަމަކު އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް ބުނެފައިވާގޮތުގައި، ބޮޑެތި ތަފާތުތަކެއް އަދިވެސް އެބަހުރި ކަމަށެވެ.

"އިސް ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި މުއާމަލާތް ކުރުމަކީ ޒިންމާދާރުކަމާއެކު ޚިޔާލުތަފާތުވުންތައް ހިފެހެއްޓުމަށާއި، ވާދަވެރިކަން ކޯޅުންތަކަށް ނުދިއުމަށް އޮތް އެންމެ ރަނގަޅު ގޮތް،" ޓިއަނަންމެންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި 35 މިނެޓުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްލިންކެން ވިދާޅުވި އެވެ ގޮޅި.

"އަހަރެމެން ދެމީހުންވެސް އެއްބަސްވަނީ އަހަރެމެންގެ ގުޅުން ހަމައަކަށް އެޅުވުމުގެ ބޭނުންތެރިކަމާ މެދު." އޭނާ ވިދާޅުވި އެވެ.

އެކަމަކު އުމުރުން 61 އަހަރުގެ މިސްޓަރ ބްލިންކެން ވިދާޅުވީ ޗައިނާއާ މެދު އޭނާގެ "ސާފު ލޯ" ކަމަށާއި "ޒަމާންވީ އަދި ދެބަސްވުން ބޮޑު އެތައް މައްސަލަތަކެއް" ހުރި ކަމަށެވެ.

ޓްރަމްޕްގެ ޒަމާނުގައި ހިނގި ވިޔަފާރީގެ ހަނގުރާމައަކާއި، ޓައިވާނާ މެދު ބެއިޖިން އިން ދެއްކި ވަރުގަދަ ދައުވާތަކާއި، މިއަހަރުގެ ކުރީކޮޅު އެމެރިކާގެ މައްޗަށް ޗައިނާގެ ޖާސޫސީ ބެލޫނެއް އެރުވި މައްސަލަ އާއި ގުޅިގެން ބެއިޖިން އާއި ވޮޝިންޓަންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ޓެގްސް: ޗައިނާ އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.