ވޮލަންޓިއަރުންގެ ޓީމު، ނިއުޒިލޭންޑުން ބުނެފައިވަނީ އެންމެ ފަހު މީދަލާއި ޖެހެންދެން މަސައްކަތް ހުއްޓާނުލާނެކަމަށް

ދުނިޔެ

ނިއުޒިލޭންޑުން މީދާ އެކީއެއްކޮށް ނައްތާލަނީ

އަލީ އަޒްޔަން - ދުނިޔެ | 27 ޖޫން 2023 , އަންގާރަ 11:07   368

ނިއުޒިލޭންޑުގެ ވެރިރަށް ވެލިންޓަނުގައި މީދަލުން ސަލާމަތްވުމުގެ ބިޔަ ޕްރޮގްރާމެއް ފަށައިފިއެވެ.

އެގައުމުގެ ސަރުކާރުން ބުނެފައިވަނީ އެންމެ ފަހު މީދާ އަތުލެވި ނައްތާލެވެންދެން މަސައްކަތް ހުއްޓާނުލާނެކަމަށެވެ.

ޕެޗްތަކަށް ބަހާލެވިގެން މިމަސައްކަތް ކުރިއަށް ގެންދަނީ ވޮލަންޓިއަރުންގެ ބޮޑު ޓީމަކުންނެވެ. މައިގަނޑު ގޮތެއްގައި އެމީހުން މީދާ ނައްތާލުމަށްޓަކައި ބޭނުންކުރަމުންދަނީ ޕީނަޓް ބަޓާރ އާއި ރެޓް ޕޮއިޒަން އެވެ. އަދި ޖީޕީއެސް މަޢްލޫމާތާއިއެކު އެޕެއްގެ އެހީގައި ހުރިހާ މަޢްލޫމާތެއް އެއްކޮށް އަޕްޑޭޓް ކުރެވޭގޮތް ހަދާފައިވެއެވެ.

ނިއުޒިލޭންޑް ސަރުކާރުން ވަނީ މީދާ ނޫނަސް ހުރިހާ ޕްރިޑޭޓަރތައް [ގެއްލުންދޭ ޖަނަވާރުތައް] 2050 ކުރިން ނައްތާލުމަށް އަޒުމު ހިފާފައެވެ. މިކަމަށްޓަކައި އެ ޤައުމުގެ ސަރުކާރުން ވަނީ ވަނި މުއައްސަސާއެއް ވެސް އުފައްދާފައެވެ. އަދި މީދާތައް މޮނިޓާރ ކުރުމަށްޓަކައި ގިނަ ޢަދަދެއްގެ ކެމެރާވެސް ހަރުކޮށްފައިވެއެވެ.

މީގެ ކުރިން، މިއަމާޒާއި އެއްގޮތަށް އެގައުމުގެ ސައުތު ޖޯޖިއާ ސަރަޙައްދުން ވަނީ ހުރިހާ ބާވަތެއްގެ މީދާ ނައްތާލާފައެވެ.

މީގައި ސުވާލުއުފެދުންތަކެއް ހުރިނަމަވެސް، މީދަލުގެ ސަބަބުން ދޫނި ސޫފާސޫފިތަކަށް ބޮޑު ނުރައްކަލެއް އޮތްކަމަށް ނިއުޒިލޭންޑް ސަރުކާރުން ބުނެފައިވެއެވެ.

"މިއީ ޤައުމީ މައްސަލައެއް. ޙައްލު ކުރަންޖެހޭ މައްސަލައެއް." އޯކްލޭންޑް ޔުނިވާސިޓީގެ އިސް ބައޮލޮޖިސްޓަކު ބުނެފައިވެއެވެ.

ޓެގްސް: ނިއުޒިލޭންޑް ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.