ރޯޔަލް ކެރިބިއަންގެ ރެކޯޑް މުގުރާލާނެ އައިކޮން އޮފް ދަ ސީސް ޔޫރަޕްގައި ކަނޑުގެ ޓްރައިއަލްތަކުގެ ފުރަތަމަ މަރުހަލާ ނިންމައިފިއެވެ.
މި ކްރޫޒްޝިޕް، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ފުރަތަމަ ފަހަރަށް ދަތުރަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް އަދި އެކުންފުނީގެ ފުރަތަމަ ކްރޫޒް ޝިޕް، އައިކޮން ކްލާސް ޝިޕް ކަމަށްވާ މި އުޅަނދު ހަދަމުން އަންނަނީ ފިންލޭންޑްގެ މެޔަރ ޓަރކޫ ޝިޕްޔާޑްގައި ކަމަށް ރަސްމީ ލިޔެކިޔުންތަކުގައިވެއެވެ.
މި ކްރޫޒްގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ކަނޑުމަތީގެ، ދުނިޔޭގެ އެންމެ ބޮޑު ވޯޓާޕާކް، ކެޓަގަރީ 6 ގެ ނަމުން ނަންދީފައިވާ ހަ ވޯޓާ ސްލައިޑް ހިމެނޭނެ އެވެ. އައިކޮން އޮފް ދަ ސީސް އިން ވެސް "ރިސޯޓް ގެޓްއެވޭ" އާއި "ބީޗް އެސްކޭޕް" އާއި ތީމް ޕާކާއި "ކެއުންބުއިމާއި މުނިފޫހިފިލުވުމުގެ 40 އަށް ވުރެ ގިނަ ޚިދުމަތް" ލިބެން ހުރެ އެވެ.

ގާތްގަނޑަކަށް 250،800 ޓަނުގެ މި ބޯޓުގެ ދިގުމިނަކީ 1،200 ފޫޓެވެ. އަދި ގާތްގަނޑަކަށް 5،610 ފަސިންޖަރުންނާއި 2،350 ފަޅުވެރިންނަށް ޤާއިމުވެތިބެވޭ ކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފައިވެއެވެ.
450 އަށް ވުރެ ގިނަ ސްޕެޝަލިސްޓުން ވަނީ ބޯޓަށް އަރައި، މައި އިންޖީނާއި ބޯ އަދި ބުރަފަތިތަށް ހަތަރު ދުވަސްވަންދެން ޕްރިލިމިނަރީ ޓެސްޓްތައް ހަދައިފައެވެ. މީގެ އިތުރުން އަޑުގަދަވުމާއި ވައިބަރޭޝަން ލެވެލް ވެސް ޗެކްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިބޯޓު ދަތުރެއްގައި ފުރަތަމަފަހަރަށް ނައްޓާލާނީ 2024 ވަނަ އަހަރު އެމެރިކާގެ ފްލޮރިޑާއިންނެވެ.