މިފަދަ ޙާދިސާތަކުގައި ގިނައި ޙަމަލާދެނީ އަރަބި ނުވަތަ ކަޅު ނަސްލުގެ މީހުންނަށްކަމަށް މުޒާހިރާގެ ބައިވެރިން ތުހުމަތު ކުރޭ

ދުނިޔެ

ފްރާންސްގައި 17 އަހަރުގެކުއްޖަކަށް ފުލުހަކު ޙަމަލާދީ މަރާލުމުން ހަމަނުޖެހުން ބޮޑުވެއްޖެ

އަލީ އަޒްޔަން - ޔޫރަޕް | 29 ޖޫން 2023 , ބުރާސްފަތި 10:49   261

ފްރާންސްގައި 17 އަހަރުގެ ކުއްޖަކު ކާރެއް ދުއްވަން އިންދާ ފުލުހުން ބަޑިޖަހައި މަރާލުމާ ގުޅިގެން ހިނގަމުދާ ހަމަނުޖެހުންތަކުގެ ތެރެއިން 150 އެއްހާ މީހުން ހައްޔަރުކޮށްފި އެވެ.

މިއީ މުޒާހިރާތަކުގެ ދެވަނަރެއެވެ.

ނަހެލް އެމްގެ ނަމަކަށް ކިޔާ އެ ފުރާވަރުގެ ކުއްޖާގަޔަށް ބަޑިޖަހާފައިވަނީ ޓްރެފިކް ހުއްޓުމަކަށް ދެކޮޅު ހަދައި ދުއްވާފައި ދިޔަ ވަގުތު ޕޮއިންޓް ބްލެންކް ރޭންޖުގަ އެވެ. ފަހުން އޭނާ ބިން މައްޗަށް ވެއްޓި ޙަރަކާތްހުއްޓުނެވެ.

މިކަމާއި ގުޅިގެން ހިނގަމުންދާ މުޒާހިރާތަކުގައި، ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކާރުތަކުގައި އަލިފާން ރޯކޮށް ހަދާ މަންޒަރު ފެނެ އެވެ.

އެހެން ފޫޓޭޖުތަކުން ފެންނަ ގޮތުގައި ސަބަރބްގެ ޓައުން ހޯލްގެ ތެރޭގައި މީހުން ލިޔެކިޔުންތަކާއި ގޮނޑިތަކުގައި އަލިފާން ރޯކޮށްލަ އެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން މީގެ ކުރިން ނަހީލްގެ ބަޑިޖެހުމަކީ "މާފު ނުކުރެވޭނެ ކަމެއް" ކަމަށް ވިދާޅުވެފައިވާއިރު، ފުލުހުންގެ ޔޫނިއަންތަކުން ވަނީ މިކަމާއި ހިތްހަމަނުޖެހިފައެވެ. އެމީހުން ބުނާގޮތުން ބައިވެރިވި އޮފިސަރުންގެ މައްޗަށް ހުކުމް ކުރަން އަވަސްވެވަޑައިގެންނެވުމަކީ ގޯސް ޢަމަލެކެވެ.

ނަހީލް އަކީ ފްރާންސް-އަލްޖީރިއާގެ އާއިލާއަކުން އައިސްފައިވާ މީހެއް ކަމަށް ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އަވަށްޓެރިއަކު މީޑިއާގައި ބުނެފައިވެއެވެ. އެމީހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ޓްރެފިކް ސްޓޮޕްތަކުގައި ފުލުހުން މަރާލި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކަޅު ނުވަތަ އަރަބި ނަސްލަށް ނިޞްބަތްވާމީހުންނެވެ.

ޓެގްސް: ފްރާންސް މާރާމާރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.