އެމެރިކާގެ ރައީސް ޖޯ ބައިޑެން

ދުނިޔެ

އެމެރިކާ: ދަރިވަރުންގެ ލޯންތައް މާފްކުރުމާއި ދެކޮޅަށް ސުޕްރީމްކޯޓުން އަމުރެއް ނެރެފި

އަލީ އަޒްޔަން - ދުނިޔެ | 1 ޖުލައި 2023 , ހޮނިހިރު 11:02   286

އެމެރިކާގެ ރައީސް ޖޯ ބައިޑަން ދަރިވަރުންގެ އެތައް ސަތޭކަ ބިލިއަން ރުފިޔާ ދަރަނި ފޮހެލުމަށް ހުށަހެޅުއްވި މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ބައިޑެންގެ ހުށަހެޅުމާއިއެކު، ލޯނު ނަގާފައިވާ ކޮންމެ މީހަކަށް ގާތްގަނޑަކަށް 10،000 ޑޮލަރުގެ އަށް މާފު ލިބޭނެއެވެ. އަދި ބައެއް ހާލަތްތަކުގައި 20،000 ޑޮލަރާއި ހަމައަށް މާފު ލިބޭނެއެވެ.

މި ނިންމުމުގެ އަސަރު އެމެރިކާގެ 40 މިލިއަނަށްވުރެ ކުރާނެއެވެ.

ސުޕްރީމް ކޯޓުގެ މިނިންމުމާއިއެކު އެމެރިކާގެ އާންމުން "ރުޅިއައިސްފައި" ކަމަށް ބައިޑަން ވިދާޅުވި އެވެ. މިހާރު ހުރި އެހެން ގާނޫނުތައް ބޭނުންކޮށްގެން ޔުނިވާސިޓީތަކުގެ ދަރަނި ކުޑަކުރުމަށް އާ ފިޔަވަޅުތަކެއް އަޅަން އަނެއްކާވެސް ވައުދުވެވަޑައިގެންނެވި އެވެ.

މި ނިންމުމާ ގުޅިގެން ވައިޓް ހައުސްއިން ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ "އަހަންނަށް އެނގޭ މި ގައުމުގައި މާޔޫސްވެ ހިތްވަރު ގެއްލި ނުވަތަ ކުޑަކޮށް ރުޅި އަންނަ އެތައް މިލިއަން އެމެރިކާ މީހުންނެއް އެބަތިބިކަން. އަހަރެން ވެސް ގަބޫލުކުރަން" ކަމަށެވެ.

އެކަމަކު މާލީ ބުރަ ލުއިކޮށްދިނުމަށް އެހީތެރިވުމަށް ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަންއާ ގުޅިގެން އެހެން ވަސީލަތްތައް ހޯދުމަށް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

"މިއަދުގެ ނިންމުމުން އެއް މަގެއް ބަންދުވެއްޖެ. މިހާރު މިދަނީ އަނެއް މަގެއް ފަށަން،" އޭނާ ވިދާޅުވި އެވެ.

ފާއިތުވި 15 އަހަރު ތެރޭގައި ފެޑެރަލް ދަރިވަރުންގެ ޖުމްލަ ދަރަނި ތިންގުނައަށް ވުރެ އިތުރުވެފައިވާއިރު، 2007 ވަނަ އަހަރު ގާތްގަނޑަކަށް 500 ބިލިއަން ޑޮލަރުން މިއަދު 1.6 ބިލިއަން ޑޮލަރަށް އަރާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރު އެމެރިކާގެ ޓްރެޜަރީން ވަނީ ލޯނު މާފުކުރުމުގެ ޕްރޮގްރާމާ ގުޅިގެން 300 މިލިއަން ޑޮލަރުގެ ހަރަދުތަކުގެ އިތުރުން ކޯވިޑް ޒަމާނުގައި ފައިސާ ދެއްކުން މަޑުޖައްސާލުމާ ގުޅިގެން އިތުރު ހަރަދުތައް ފޫބެއްދުމަށް 430 ބިލިއަން ޑޮލަރުގެ ޗާޖެއް ނަގާފައެވެ.

ބައިޑަންގެ ވެރިކަމުގައި ވަކި ދެ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތްތަކާ ކުރިމަތިލާފައިވާއިރު، އެއް މައްސަލައަކީ ރިޕަބްލިކަން ޕާޓީން އިސްވެ އޮވެ އޮންނަ ހަ ސްޓޭޓެއް ކަމަށްވާ ނެބްރަސްކާ، މިސޫރީ، އާކަންސަސް، އަޔަވާ، ކެންސަސް އަދި ސައުތު ކެރޮލައިނާ އާއި އަނެއް މައްސަލައިގައި ވަކިވަކި ދެ ސްޓޫޑެންޓް ލޯނު ނަގާ މީހުންނެވެ.

ދެ މައްސަލައިގައި ވެސް ދައުވާ ލިބޭ ފަރާތްތަކުން ބުނީ ދަރިވަރުންގެ ދަރަނި އެހާ ފުޅާކޮށް ބާތިލް ކުރުމުގެ ބާރު އެގްޒެކެޓިވް ބްރާންޗަށް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން ނިންމީ ވަކިވަކި ދެ ލޯނު ނަގާ ފަރާތްތަކުން ލޯނު މައާފު ކުރުމުގެ ޕްލޭނުން ގެއްލުންވާނެ ކަމަށް ގަބޫލުކޮށްދީފައި ނުވާ ކަމަށާއި، އޭގެ ނަތީޖާއަކަށް ނިންމީ ބައިޑަންގެ ވެރިކަމުގެ ހުށަހެޅުމަށް ގޮންޖަހާ ގާނޫނީ ދަރަޖައެއް ނެތް ކަމަށެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.