ހަރުކަށި ތާލިބާނުން ވަނީ މިތަންތަން ބަންދުކުރުމަށް އެއްމަސްދުވަހުގެ މުހުލަތެއް ދީފައި

ދުނިޔެ

އަފްޢާނިސްތާނުގައި ބޯކޮށާ ތަންތަނާއި ސެލޫންތައް ބަންދުކުރަން އަމުރު ނެރެފި

އަލީ އަޒްޔަން - އޭޝިއާ | 5 ޖުލައި 2023 , ބުދަ 12:46   303

އަފްޣާނިސްތާނުގައި ބޯކޮށާތަންތަނާއި ބިއުޓީ ސެލޫންތައް ބަންދުކުރުމަށް ތާލިބާނުން އަންގާފިއެވެ. މިއެންގުން އަންގާފައިވަނީ އެޤައުމުގައި ދިރިއުޅޭ އަންހެނުންނަށް އަޅާ ހަރުކަށި ފިޔަވަޅުތަކުގެ އިތުރު ކަމެއްގެގޮތުގައެވެ.

އެގައުމުގެ ވައިސް-އެންޑް-ވާޗޫ މިނިސްޓްރީގެ ތަރުޖަމާނަކު މީޑިއާގައި ބުނެފައިވަނީ މިއަމުރަށް އަމަލުކުރަން ވިޔަފާރިތަކަށް އެއް މަސް ދުވަހުގެ މުހުލަތެއް ދީފައިވާކަމަށެވެ.

2021 ވަނަ އަހަރު ތާލިބާނުން ވެރިކަން ހިފެހެއްޓި ފަހުން އަންހެނުންގެ މިނިވަންކަން ވަނީ ވަރަށްބޮޑަށް ކުޑަކޮށްލާފައެވެ.

އެމީހުން ވަނީ ފުރާވަރުގެ އަންހެން ކުދިންނާއި ބޮޑެތި އަންހެނުންނަށް ވެސް ކްލާސްރޫމްތަކާއި ޖިމްތަކާއި ޕާކްތަކުގައި ވަނުން މަނާކޮށްފައެވެ. އަދި އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އ.ދ. އާއި ގުޅިގެން މަސައްކަތްކުރުން ވެސް ވަނީ މަނާކޮށްފައެވެ.

އަދި އަންހެނުން ހެދުން އަޅަން ޖެހޭނީ ހަމައެކަނި ލޯ ހާމަވާ ގޮތަށް ކަމަށާއި، 72 ކިލޯމީޓަރަށް ވުރެ ދުރަށް ދަތުރުކުރާނަމަ ގާތްތިމާގެ ފިރިހެނަކު ވެސް އެކުގައި ހުންނަން ޖެހޭނެ ކަމަށް ވެސް ތާލިބާނުން ވަނީ އަމުރުކޮށްފަ އެވެ.

ބައިނަލްއަގްވާމީ ގޮތުން އެކަން ކުށްވެރިކޮށް މުޒާހަރާ ކުރި ނަމަވެސް، އަދި އަންހެނުންގެ އިތުރުން އެކްޓިވިސްޓުން އެމީހުންގެ ފަރާތުން ވާހަކަ ދެއްކި ނަމަވެސް އެ ހުރަސްތައް ވަނީ ދަމަހައްޓާފައެވެ.

ބިއުޓީ ސެލޫންތައް ބަންދުކުރުމަކީ މީގެ ކުރިންވެސް ތާލިބާނުން ކުރިން ވެރިކަމުގައި 1996 އާއި 2001 އާ ދެމެދު ވެސް އެޅާފައިވާ ފިޔަވަޅެކެވެ.

"ހީވަނީ އަންހެނުންގެ ހަށިގަނޑަށް ފޯކަސް ކުރުން ނޫން އެހެން ސިޔާސީ ޕްލޭނެއް ތާލިބާނުން ނެތްހެން. އާންމު ދިރިއުޅުމުގެ ކޮންމެ ފެންވަރެއްގައި ވެސް އަންހެނުން ނައްތާލަން މަސައްކަތް ކުރަނީ." އަފްޢާން އަންހެކު މީޑިއާގައި ބުނެފައިވެއެވެ.

ތާލިބާނުންގެ ސަރުކާރުން މަނާކުރަން ޖެހުނީ ކޮން ސަބަބަކާ ހުރެ ކަމެއް، ހާމަކޮށްފައެއް ނުވެ އެވެ.

ޓެގްސް: އަފްޢާނިސްތާނު ޠާލިބާން އަންހެނުންގެ ޙައްޤުތައް އިންސާނީ ޙައްޤުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.