ހޫނުގަދަވުމުގެ ސަބަބުން މީހަކު ބޮލަށް ފެން އޮއްސާލަނީ

ދުނިޔެ

މި ޕްލެނެޓަށް ފެނުނު މިހާތަނަށް އެންމެ ހޫނު ދުވަސް މިހަފްތާގައި

އަލީ އަޒްޔަން - ދުނިޔެ | 6 ޖުލައި 2023 , ބުރާސްފަތި 11:15   408

މިހަފްތާ އަކީ ދުނިޔެދެކޭ އެންމެ ހޫނު ދުވަސްތައްކަމަށް ދުނިޔޭގެ މޫސުމާއިބެހޭ އިދާރާތަކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހޯމަ ދުވަހު ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން 17.01 ޑިގްރީ ސެލްސިއަސް (62.62 ފަރެންހައިޓް) އަށް އަރާފައިވާއިރު، މިއީ އެމެރިކާގެ ނޭޝަނަލް ސެންޓަރސް ފޯ އެންވަޔަރަންމަންޓަލް ޕްރިޑިކްޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ދުނިޔެދުއް އެންމެ މަތީ މިންވަރެވެ. މީގެ ކުރިން 16.92 ޑިގްރީ ސެލްސިއަސްގެ ރެކޯޑެއް ގާއިމްކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސާވިސް އިން ވެސް ބުދަ ދުވަހު ކުރި ޓްވީޓެއްގައި ވަނީ ހޯމަ ދުވަހުގެ ދުނިޔޭގެ ފިނިހޫނުމިނަކީ އެ ކުންފުނީގެ ޑޭޓާ ސެޓުގައި ރެކޯޑެއް ކަމަށް ބުނެފަ އެވެ.

މި އަހަރު އިތުރު އެތައް ފަހަރަކު އެ ރެކޯޑް މުގުރާފާނެ ކަމަށް ތަޖުރިބާކާރުން އިންޒާރު ދެއެވެ. ބަރކްލީ އާރތްގެ ލީޑް ސައިންސްވެރިޔާ ރޮބަޓް ރޯޑް އަންގާރަ ދުވަހު ކުރި ޓްވިޓަރ ޕޯސްޓެއްގައި ވިދާޅުވީ ދުނިޔެއަށް “ކުރިއަށް އޮތް 6 ހަފްތާގެ ތެރޭގައި މިއަށްވުރެ ހޫނު މަދު ދުވަސްތަކެއް ފެނިދާނެ” ކަމަށެވެ.

ޓެގްސް: ދުނިޔެ ހޫނުވުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.