އިސްތިޢުމާރީ ދުވަސްވަރު ހޮޅިން ނުވަތަ ނެދަރލޭންޑްސް މީހުން ލޫޓުވި ތަކެތިން ބައެއް

ދުނިޔެ

ހޮޅިން ލޫޓުވި ލަންކާގެ ބައެއް ތަކެތި އަނބުރާ ރައްދުކުރަނީ

އަލީ އަޒްޔަން - ޔޫރަޕް | 8 ޖުލައި 2023 , ހޮނިހިރު 08:01   137

ނެދަރލޭންޑްސް ނުވަތަ ހޮޅިން، އިސްތިޢުމާރީ ދުވަސްވަރު ލޫޓުވި 478 އައިޓަމެއް ލަންކާއަށް އަނބުރާ ރައްދުކޮށްދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މީގެ ތެރެއިން ބައެއް ތަކެއްޗަކީ އިންޑޮނޭޝިއާއަށް ނިސްބަތްވާ ތަކެއްޗެވެ.

އިންޑޮނޭޝިއާ، ލަންކާ އަދި ނައިޖީރިއާ އިން ކޮށްފައިވާ އެތައް ދައުވާތަކަކާ ގުޅިގެން ޑަޗް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ކަލްޗާ އެންޑް މީޑިއާ ގުނައި އުސްލޫ ވަނީ މިތަކެތިން ބައެއް ތަކެތި އަނބުރާ ރައްދުކޮށްދިނުމަށް ނިންމިކަން ބުރާސްފަތި ދުވަހު އިއުލާންކޮށްފަ އެވެ.

ބާލީގެ ޒަމާނީ ފަންނުގެ މުހިއްމު ކަލެކްޝަނަކާއި 18 ވަނަ ގަރުނުގެ ކެނަން އޮފް ކެންޑީ އަކީ ލޯވަޅާއި ރިހި އަދި ރަން އިން ހަދާފައިވާ އަދި މާމުއި ޖަހާފައިވާ ލަންކާގެ ރަސްމީ ހަތިޔާރެކެވެ.

"މިއީ ތާރީހީ ވަގުތުކޮޅެއް،" އުސްލޫ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވި އެވެ. “މިއީ ފުރަތަމަ ފަހަރަށް އަޅުގަނޑުމެން ރެކޮމެންޑޭޝަންތަކަށް ތަބާވާ ފަހަރު.. ކޮންމެ ކަމަކަށް ވުރެ ބޮޑަށް އެއީ މުސްތަގުބަލަށް ބަލާލަން ޖެހޭ ހިނދުކޮޅެއް. އަހަރެމެން ހަމައެކަނި ރިޓަރން ކުރަނީ އެއްޗެހި ނޫން؛ އަދި ކަލެކްޝަން ރިސާޗާއި ޕްރެޒެންޓޭޝަން އަދި މިއުޒިއަމްތަކުގެ މެދުގައި ބަދަލުކުރުން ފަދަ ދާއިރާތަކުގައި އިންޑޮނޭޝިއާ އާއި ލަންކާއި އެއްބާރުލުން ދެމުން މިދަނީ." އޭނާ އިތުރަށް ކިޔައިދިނެވެ.

2020 ވަނަ އަހަރު އިންސާނީ ހައްގުތަކާ ބެހޭ ވަކީލު ލިލިއަން ގޮންސަލްވޭސް-ހޯ ކަންގް ޔޫގެ ރިޔާސަތު ބަލަހައްޓާ ކޮމިޓީއަކުން ތައްޔާރުކުރި ޑަޗް ކައުންސިލް ފޯ ކަލްޗާ ރިޕޯޓެއްގައި ލަފާދީފައި ވަނީ އިސްތިއުމާރީ ބާރުގެ ދަށުގައިވާ ގައުމުތަކުން އަތުލާފައިވާތަކެތި އެއްވެސް "ޝަރުތުތަކާ ނުލައި" އަނބުރާ ފޮނުވުމަށެވެ.

އަނބުރާ ފޮނުވަންޖެހޭ ގިނަ ތަކެތި ހުރީ ނޭޝަނަލް މިއުޒިއަމް އޮފް ވޯލްޑް ކަލްޗަރސްގައެވެ. ލަންކާއިން ދައުވާކުރާ އިތުރު ހަ އިސްތިއުމާރީ އާޓިފަކްޗަރ މިހާރު ހުރީ ނެދަލެންޑްސްގެ ގައުމީ ފަންނުވެރިކަމާއި ތާރީޚުގެ މިއުޒިއަމް ކަމަށްވާ ރިޖްކްސްމިއުޒިއަމްގެ ކަލެކްޝަންގައެވެ؛ މިއީ 2017 ވަނަ އަހަރު ފެށި ޕްރޮވެންސް ރިސާޗަށް ފަހު މިއުޒިއަމްއިން މިފަދަ އާޓިފަކްޗަރތައް އަނބުރާ ގައުމަށް ގެންދާ ފުރަތަމަ ފަހަރެވެ.

ޓެގްސް: ސްރީލަންކާ އިންޑޮނޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.