ތުރުކީގެ ރައީސް އުރުދުޣާން އާއި ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން އަތް ޖައްސާލާއިރު ނޭޓޯގެ ވެރިޔާ ޖެންސް ސްޓޮލްޓެންބަރގް ބަލަހައްޓައިގެން

ދުނިޔެ

ސްވިޑްން ނޭޓޯ އާއި ގުޅުމަށް ތުރުކީއިން އިންކާރުނުކުރާކަމަށް ބުނެފި

އަލީ އަޒްޔަން - ޔޫރަޕް | 11 ޖުލައި 2023 , އަންގާރަ 09:39   325

ސްވީޑްން އިން ގުޅިފައިވާ ހަނގުރާމަމަތީ ފައުޖު، ނޭޓޯ އާއި ގުޅުމަށް އިންކާރު ނުކުރާކަމަށް ތުރުކީގެ ރައީސް ތައްޔިބް ޢުރުދުއާން ވިދާޅުވެއްޖެއެވެ.

ތުރުކީ އިން ބުނެފައިވަނީ ސްވިޑެންގެ ބިޑް އަންކާރާގެ ޕާލަމެންޓަށް ފޮނުއްވައި "ތަސްދީގުކުރުން ކަށަވަރު ކުރައްވާނެ" ކަމަށެވެ.

މީގެ އިތުރުން ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން ވިދާޅުވީ "ވަރަށް އުފާވޭ، މިއީ ސްވިޑެންއަށް ރަނގަޅު ދުވަހެއް" ކަމަށެވެ.

މީގެ ކުރިން ތުރުކީން ވަނީ ކުރުދީ ހަނގުރާމަވެރިންނަށް ވާގިވެރިވާކަމަށް ތުހުމަތުކޮށް ސްވިޑެންގެ ހުށަހެޅުން ބްލޮކް ކުރުމުގައި އެތައް މަސްތަކެއް ހޭދަކޮށްފަ އެވެ.

ނޭޓޯގެ 31 މެންބަރުންގެ ތެރެއިން މެމްބަރުގެ ގޮތުގައި އޮންނަ ތުރުކީއަށް އަށް އާ ޤައުމެއް އެޖަމާޢަތާއި ގުޅުމުގައި ވީޓޯ ކުރުމުގެ ބާރު ލިބިގެންވެއެވެ.

މި ޚަބަރާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ރައީސް އުރުދުޣާން "އަވަސް ތަސްދީގު" ކުރުމާއެކު ކުރިއަށް ދިއުމަށް ވައުދުވެވަޑައިގަތުމަށް މަރުހަބާ ކިޔާ ކަމަށެވެ.

ޓެގްސް: ސްވީޑްން ނޭޓޯ ތުރުކީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.