ޔޫކްރޭން ގެ ރައީސް ޒެލެންސްކީ

ދުނިޔެ

ނޭޓޯ އަށް ޔޫކްރޭން ވެއްދުން ލަސްކުރުން "މުޑުދާރު" ކަމެއްގެގޮތުގައި ޒެލެންސްކީ ސިފަކުރައްވައިފި

އަލީ އަޒްޔަން - ޔޫރަޕް | 12 ޖުލައި 2023 , ބުދަ 08:27   122

ޔޫކްރޭން ސަލާމަތީ ފައުޖު ނޭޓޯ މެމްބަރަކަށް ހެދުމުގައި ލަސްވާތީ އެއީ މުޑުދާރު ބަލައިނުގަނެވޭ ކަމެއްގެ ގޮތުގައި ޔޫކްރޭންގެ ރައީސް ވުލާޑިމީރު ޒެލެންސްކީ ސިފަކުރައްވައިފިއެވެ.

ޒިލެންސްކީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ނޭޓޯގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ.

އޭނާ ވިދާޅުވާ ގޮތުގައި ޔޫކްރޭންގެ މެމްބަރުކަމުގެ މުއްދަތެއް ނެތުމަކީ "ކުރިން ނުފެންނަ އަދި މުޑުދާރު ކަމެއް" ކަމަށެވެ.

"ޔަގީންކަން ނެތުމަކީ ބަލިކަށިކަން، އަދި ސަމިޓުގައި މިކަމާ މެދު ފާޅުގައި މަޝްވަރާ ކުރާނަން" އޭނާ އިތުރަށް ވިދާޅުވިއެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ނޭޓޯގެ ވެރިޔާ ޖެންސް ސްޓޮލްޓެންބާގް ވަނީ ޔޫކްރޭނަށް މެމްބަރުކަމާ ގުޅޭ ގޮތުން "ސާފު މެސެޖެއް، ހެޔޮ މެސެޖެއް" ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

މެމްބަޝިޕް ހާސިލް ކުރަން ދިހަވަރަކަށް އަހަރު ނަގާފާނެ ނަމަވެސް ޔޫކްރޭނުން ބޭނުންވަނީ އަވަސް ޓައިމްލައިނެކެވެ.

ނޭޓޯ އަށް ވަންނަން ޔޫކްރޭނުން ބޭނުންވަނީ އެ ޖަމާޢަތުގެ ސަލާމަތާއި ޙިމާޔަތް ހޯދުމުގެ މަޤްޞަދުގައެވެ. ނޭޓޯގެ މެމްބަރު ޤައުމަކަށް ޔޫކްރޭން ވެއްޖެނަމަ، ރަޝިއާއިން އެޤައުމަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއަށް އެކުވެރި މެމްބަރު ޤައުމުތަކުން ވަދެ ދިފާޢުކުރުން ލާޒިމުވާނެއެވެ.

ޓެގްސް: ނޭޓޯ ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.