ހޫނުގަދަ ވުމުގެ ސަބަބުން އެމިރކާ ރެކޯޑް މިންވަރަކަށް އެމެރިކާގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވޭ

ދުނިޔެ

އެމެރިކާ، ތިންބައިކުޅަ އެއްބައި މީހުން ހީޓްވޭވްގެ ގަދަ ހޫނުގައި

އަލީ އަޒްޔަން - އެމެރިކާ | 15 ޖުލައި 2023 , ހޮނިހިރު 12:37   331

މި ހަފްތާ ބަންދުގައި އެމެރިކާގެ ހޫނުގެރާޅެއް [ހީޓްވޭވްއެއް] ގެ އަސަރުކުރަމުންދާއިރު، ހޫނުމިން އިތުރަށް ވަރުގަދަވާނެ ކަމަށް ލަފާކޮށްފިއެވެ. މިގޮތުން މިހާތަނަށް އެމެރިކާގެ ހުޅަނގު ދެކުނުގެ ހުރިހާ ހިސާބަކުން ވެސް އިންޒާރުތައް ނެރެފައިވެއެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު ހޫނުގެ އިންޒާރު ދިނުމުން އެމެރިކާގެ ފްލޮރިޑާ އިން ފެށިގެން ޓެކްސަސް އާއި ކެލިފޯނިއާ އާއި ހުޅަނގު އުތުރުގެ ވޮޝިންޓަން ސްޓޭޓާ ހަމައަށް މަދުވެގެން 113 މިލިއަން މީހުންނަށް އަސަރުކޮށްފައިވެ އެވެ.

ހޫނުގަދަވުމުން އެއާކޮންޑިޝަން ބޭނުންކުރާ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައެވެ. ބައެއް ސްޓޭޓްތަކުން ކުރިން ކަރަންޓް ބޭނުންކުރާ މިންވަރު ރިކޯޑް މިންވަރަކަށް އިތުރުވެފައިވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ގާތްގަނޑަކަށް 27 މިލިއަން މީހުންނަށް 43 ޑިގްރީ ސެލްސިއަސް އަށް ވުރެ ފިނިހޫނުމިން އިޙްސާސްކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ހޫނަކީ މަތީ ލެވެލްގެ ރިޖެއް ބޮޑު ޕްރެޝަރެއްގެ ނަތީޖާއެއް ކަމަށާއި،އެމެރިކާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އެންޑަބްލިއުއެސް) އިން ބުނެ އެވެ.

އެ އިދާރާއިން އިތުރަށް ބުނީ އެއީ މި ސަރަހައްދުން މިހާތަނަށް ފެނުނު މިބާވަތުގެ "އެންމެ ވަރުގަދަ އެއް" ހޫނުގެ ރާޅު ކަމަށެވެ.

"މުޅި ސަރަހައްދުގައި ކުރިމަތިވެދާނެ މި ތާރީހީ ހޫނު ރާޅުގެ ޒިންމާ އުފުލާ ސަބްޓްރޮޕިކަލް ރިޖް އިން ކައިރި ދުވަސްތަކެއްގައި ސަލާމަތްވާނެކަމުގެ އަލާމާތެއް ނުފެނޭ،" އެންޑަބްލިއުއެސް އިން ބުންޏެވެ.

އެމެރިކާގައި ހޫނުގަދަވުމާއި ގުޅުންހުރި ސަބަބުތަކުން ކޮންމެ އަހަރަކު 700 އެއްހާ މީހުން މަރުވާ ކަމަށް ލަފާކުރެވޭ ކަމަށް ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެއެވެ.

ޓެގްސް: އެމެރިކާ ދުނިޔެ ހޫނުވުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.