ކުރިން ޖެނުއަރީ މަހުގެ 31 ވަނަ ދުވަހަށް ޝެޑިއުލް ކުރި 64 ވަނަ އެނުއަލް ގްރެމީ އެވޯޑް ދިނުމުގެ ޙަފްލާ މިރޭ އެމެރިކާގެ ލާސް ވޭގަސްގައި އޮންނާނެ އެވެ.
އެމްޖީއެމް ގްރޭންޑް އެރީނާގައި މިރޭ ބޭއްވޭ ޙަފްލާގައި ހުށަހަޅައިދޭނީ ސައުތް އެފްރިކާގެ މަޝްހޫރު ކޮމީޑިއަން ޓްރެވަރ ނޯއާހ އެވެ. 2021 ވަނަ އަހަރު ބޭއްވުނު ޙަފްލާ ވެސް ހުށަހަޅައިދީފައި ވަނީ އޭނާއެވެ.
މިރޭގެ ޙަފްލާގައި ޝޯ ހުށަހަޅައި ޕާރފޯރމް ކުރާނެ މީހުންގެ ތެރޭގައި:
- ރެޕް ލަވަކިޔުންތެރިޔާ ސިލްކް ސޮނިކް
- ރެޕް ލަވަކިޔުންތެރިޔާ ނާސް
- ލަވަކިޔުންތެރިޔާ އަދި ޓީވީ ޕާރސަނަލިޓީ ޖޮން ބަޓިސްޓޭ
- ޖަސްޓިން ބީބާ
- ލޭޑީ ގާގާ
- ޖޯން ލެޖެންޑް
- ޓެއިލާ ސްވިފްޓް
- ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް އޮލިވާ އިސަބެލް ރޮޑްރިގޯ
ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް ވަނީ އޭނާގެ އަލްބަމް 'ފޯކްލޯރ' އަށް މިދިޔަ އަހަރުގެ ގްރެމީ އެވޯޑް ހޯދާފައެވެ. އެއީ އޭނާގެ ތިންވަނަ ގްރެމީ އެވެ. މިފަހަރު އިތުރު ގްރެމީ އެއް ހޯދައިފިނަމަ އޭނާ އިތުރަށް އަނެއްކާ ތާރީޚްގެ ތެރެއަށް ވަދެގެން ދާނެއެވެ.
ޓޯނީ ބެނެޓް އަދި ލޭޑީ ގާގާ ވެސް އެވޯޑް ގެންދާނެ ކަމަށް ބެލެވެއެވެ.
ވީޑިއޯ: މިރޭގެ ޙަފްލާގައި ޕާފޯމް ކުރާނެ ފަރާތްތަކުގެ ކުރު ވީޑިއޯ އެއް.
