ޑިމޮކްރެސީއަށް އަށް ތާޢީދުކުރާ އިޒްރޭލު ރައްޔިތެއް. މުޒާހިރާކުރާތާ އެތައް މަހެއް ފާއިތުވެއްޖެ

ދުނިޔެ

އިޒްރޭލް، އިސްލާހަށް ގޮވާލާ އަޑުގަދަވެ މުޒާހިރާތައް އިތުރުވަނީ

އަލީ އަޒްޔަން - މެދުއިރުމަތި | 25 ޖުލައި 2023 , އަންގާރަ 11:26   132

އާބާދީގައި 9.3 މިލިއަން މީހުން ދިރިއުޅޭ އިޒްރޭލުގައި 4 ލައްކަ މީހުން މަގުތަކަށް ނިކުމެ މުޒާހިރާކުރަން ފެށުމުން އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ އުއްމީދު އާވެއްޖެއެވެ.

ޖެނުއަރީ މަހުން ފެށިގެން އިސްރާއީލުގައި ވަނީ އެގައުމުގެ ތާރީހުގައި ވެސް ނުދެކޭފަދަ ބޮޑު މުޒާހަރާތަކެއް ހިނގާފަ އެވެ. ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޝަރުއީ އިސްލާހުގެ ސަބަބުން އެގައުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވެއެވެ.

އިދިކޮޅު ފަރާތްތަކުން ހުރަސް ކުރިމަތިކުރުވި ނަމަވެސް، އިސްރާއީލުގެ ޕާލަމެންޓުން ވަނީ މި އިސްލާހުގެ މައިގަނޑު އަނެއްކާވެސް އުނިއިތުރެއް ފާސްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކުރުމަށް ޕާލަމެންޓުން ވަރަށް ބޮޑަށް މަސައްކަތްކޮށް، ޚިޔާލުތަފާތުވުން ބޮޑު ގާނޫނެއް ފާސްކުރުމުން އިޒްރޭލުގެ ފުލުހުންނާއި މުޒާހަރާގެ ބައިވެރިން އެއްވެ ގިނަ ރޭތަކެއް ވަންދެން އަންނަނީ މުޒާހިރާކުރަމުންނެވެ.

ގުދުސް އާއި ޓެލް އަވީވްގެ ފުލުހުން ވަނީ ހައިވޭތައް ބަންދުކޮށްގެން މުޒާހަރާ ކުރާ މީހުން ރޫޅާލުމަށް ޕްރެޝަރ ފެން ބޭނުން ކޮށްފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ ހަރުކަށި ކަނާތު ސަރުކާރުގެ އިސްލާހުތަކުގެ ސަބަބުން އިސްރާއީލުގެ ޑިމޮކްރަސީއަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމާ ގުޅިގެން މަސްތަކެއް ވަންދެން މަގުމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކަށް ފަހު ހޯމަ ދުވަހުގެ ނެސެޓް (މަޖިލިސް) ގެ ވޯޓަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ.

އެކަމަކު ނުތަނަވަސްކަން ނިމިފައެއް ނުވެއެވެ. މުޒާހިރާތައް އިތުރު މަސްތަކެއް ވަންދެން ދެމިގެން ހިނގައިދާނެކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެގްސް: އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.