މިޔަންމާގެ ޑިމޮކްރެސީ ޗެމްޕިއަން އަންގ ސަން ސޫޗީ

ދުނިޔެ

ސުޗީގެ ޖަލުގެ މުއްދަތު ކުޑަކޮށްފި

އަލީ އަޒްޔަން - އޭޝިއާ | 1 އޯގަސްޓު 2023 , އަންގާރަ 15:22   377

ޖަލު ހުކުމް ތަންފީޒުކުރަމުންދާ، މިޔަންމާ/ ބަރުމާގެ ޑިމޮކްރެސީ ޗެމްޕިއަން އަންގ ސަން ސޫޗީގެ ޖަހުގެ މުއްދަތު ކުޑަކޮށްފިއެވެ.

ސޫޗީ އައީ ދެކޮޅަށް ކޮށްފައިވާ 19 ހުކުމެއްގެ ތެރެއިން 5 ޙުކުމަކަށް އެޤައުމުގެ މިލިޓަރީ ސަރުކާރުން މަޢާފު ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއާއިއެކު ސޫޗީއަށް އިއްވާފައިވާ 33 އަހަރުގެ ޖަލުހުކުމްތަކުގެ މުއްދަތު، 27 އަހަރަށް ތިރިވާނެއެވެ.

މިިޔަންމާގެ މިލިޓަރީ ޖުންޓާ ސަރުކާރުން ހިފަހައްޓާފައިވާ ސިޔާސީ ކުށްވެރިންނަށް ލުއިތަކެއް ދެމުންދާއިރު، ޑިޕްލޮމެޓިކް މަސައްކަތް ރަނގަޅުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިގޮތުން، ސޫޗީ ވަނީ ޖަލުން ގޭ ބަންދަށް މިދިޔަ ހަފްތާ ތެރޭގައި ބަދަލުކޮށްފައެވެ.

ސޫޗީ، 78-އަހަރަކީ، ނޯބެލް ސުލްޙައިގެ އިނާމު ލިބިވަޑައިގެންފާ ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި މަޤުބޫލު ބޭފުޅެކެވެ.

2021 ވަނަ އަހަރުގެ ފެބްރުއަރީގައި އޭނާގެ ސަރުކާރު ވެއްޓި އެޤައުމު ވަނީ ހަލަބޮލިކަމެއްގެ ތެރޭގައެވެ.

ޓެގްސް: މިޔަންމާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.