އަންހެނުން ބާރުވެރިކުރުން، މިއީ މިސަރަޙައްދުގައި މިފަދަ މެޝިންތަކެއް ބެހެއްޓޭ ފުރަތަމަ ފަހަރު

ދުނިޔެ

ޖީއެމްއާރު ދިއްލީ އެއާރޕޯޓުގައި އަންހެން ބޭފުޅުންނަށް ޚާއްޞަ ވެންޑިންގ މަޝިން ބަހައްޓައިފި

އަލީ އަޒްޔަން - އިންޑިއާ | 8 އޯގަސްޓު 2023 , އަންގާރަ 11:38   326

ޖީއެމްއާރު ކުންފުނިން އިންޑިއާގައި ހިންގާ ދިއްލީ އިންޓަނޭޝަނަލް އެއަރޕޯޓުގައި އަންހެން ބޭފުޅުންގެ ހައިޖީން އަށް ޚާއްޞަ ތަކެތި ފޯރުކޮށްދެވޭގޮތަށް ވެންޑިންގ މެޝިންތަކެއް ބަހައްޓައިފިއެވެ.

މިއީ މިސަރަޙައްދުގައި ބެހެއްޓޭ މިފަދަ ފުރަތަމަ މެޝިންތަކެވެ.

ޖީއެމްއާރު ކުންފުނިން ބުނެފައިވަނީ މި މެޝިންތައް ބެހެއްޓުނީ އަހެންބޭފުޅުންގެ ހައިޖީން [ހަށިގަނޑުގެ ސާފުތާހިރުކަން] އަށް ބަލައިގެން އެފަރާތަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި މީގެ ސަބަބުން އަންހެން ބޭފުޅުން ބާރުވެރިކުރުމަށް ވެސް އެހީވެދޭނެކަމަށެވެ.

އެކުންފުނިން ވަނީ ދިއްލީ އެއަރޕޯޓްގައި އެންމެ ޒަމާނީ [ސްޓޭތް-އޮފް-ދަ-އާޓް] މީގެ 12 މެޝިނެއް ބަހައްޓާފައެވެ. މިމެޝިންތައް ހުންނާނީ ވެސް އަަންހެން ބޭފުޅުންނަށް ފަސޭހަފުޅު ވާނޭހެން ފާޚާނާތަކުގެ ބޭރުގައި ބަހައްޓާފައެވެ. އަދި ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި އިތުރު ޓާމިނަލްތަކުގައި ވެސް މިމެޝިންތައް ބަހައްޓާނެކަމަށެވެ.

މިމެޝިންތަކުން ލިބޭ ތަކެތީގެ ތެރޭގައި، މެންސްޓްރުއަލް ކަޕްސް، ޓެމްޕޮންސް، ޕެޑް، ޓޮއިލެޓް ސީޓު ކަވަރު، އިންޓިމޭޓް ވައިޕް، އަދި ޕޭންޓީ ލައިނާރ ހިމެނެއެވެ.

ޓެގްސް: ސިއްޙަތު ކަނބަލުން އަންހެނުން ބާރުވެރިކުރުން ސާފުތާހިރުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.