މެޓާގެ އާ އުފެއްދުން، ތްރެޑްސްގެ ލިމިޓެޑްގެ ފަންކްޝަނަލިޓީ އާއިއެކު މަޤްބޫލުކަމަށް ފަނޑުކަން އައިސްފައިވޭ

ދުނިޔެ

މެޓާ އިން "ތްރެޑްސް" ވެބް ވާޝަން އެއް ނެރެނީ

އަލީ އަޒްޔަން - ދުނިޔެ | 23 އޯގަސްޓު 2023 , ބުދަ 11:52   302

ސޯޝަލް މީޑިއާ ޕްލެޓްފޯމް އަލުން ދިރުވަން މަސައްކަތް ކުރަމުންދާއިރު، މެޓާ އިން ދަނީ ތްރެޑްސްގެ ވެބް ވާޝަނެއް ނެރެމަށް މަސައްކަތް ކުރަމުންނެވެ.

ކުރިން "ޓްވިޓާ" ގެ ނަމުން މަޝްހޫރު [އެކްސް] އާ ވާދަވެރި ކުންފުނި ޖުލައި މަހު ލޯންޗުކުރިއިރު އަޖައިބުކުރަނިވި ބޮޑު ކުރިއެރުންތަކެއް ހޯދިއެވެ.

ނަމަވެސް އޭގެ ފަހުން ބޭނުންކުރާ ފަރާތްތަކުން އެޕްލެޓްފޯމް ދޫކޮށްލަން ފެށީ ހަމަ އެހާ އަވަހަށެވެ. މީގެ ސަބަބުތަކުގެ ތެރޭގައި "ތްރެޑްސް" ގެ ލިމިޓެޑް ފަންކްޝަނަލިޓީ ހިމެނެއެވެ. ޓްވިޓާގައި ހުންނަ ފަދަ މުހިއްމު ގިނަ ކަންކަން ތްރެޑްސްގައި ނުހުރެވެއެވެ.

ތްރެޑްސްގެ ގެ މައި ކުންފުނި މެޓާ އިން ބުނެފައިވަނީ ތްރެޑްސްގެ ފަންކްޝަނަލިޓީއަށް ބަދަލު ގެނެސް ވެބް ވާޝަން އެއް ނެރުމަށް މަސައްކަތްކުރަމުން ދާ ކަމަށެވެ. މިހާތަނަަށް އައިއިކު ތްރެޑްސް ބޭނުންކުރެވެނީ ހަމަ އެކަނި އެޕް ބޭނުންކޮށްގެންނެވެ.

ނަމަވެސް ކަސްޓަމަރުންގެ ޝައުގުވެރިކަން އަލުން ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

މެޓާގެ ވެރިޔާ މާކް ޒުކަބާގް ބުނީ އެއީ "ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ވެބް ވާޝަން ރޯލް އައުޓް" ކުރާނެ ކަމަށެވެ.

މޯބައިލް އެޕްގެ އެހެން ކަންތައްތައް ފުރަތަމަ ފަހަރަށް ވެބްގައި ނުފެންނެކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ. މިސާލަކަށް ޔޫޒަރުންނަށް ޕްރޮފައިލް އެޑިޓް ނުކުރެވޭނެއެވެ އަދި އިންސްޓަގްރާމްގެ ޑައިރެކްޓް މެސެންޖަރ ފީޗާއަށް ތެރެޑެއް ނުފޮނުވޭނެ އެވެ. މިއީ ވެސް އިތުރު ގޮންޖެހުމެކެވެ.

ލޯންޗް ކުރި ހަފްތާގައި ތްރެޑްސް 100 މިލިއަނަށް ވުރެ ގިނަ ޔޫޒަރުންނާ ހަމައަށް ރޭސް އަރައިދިޔަ ނަމަވެސް ޖުލައި މަސް ނިމުނުއިރު އެ އަދަދު ވަނީ ދެބައިކުޅަ އެއްބައި އަށް ވުރެ ދަށްވެފަ އެވެ.

ފޭސްބުކް އަދި ވަޓްސްއެޕް ވެސް ހިންގާ ޓެކް ޖަޔަންޓް އިން އުންމީދު ކުރާނީ މި ޚަބަރާއިއެކު އެ ޓްރެންޑް ބަދަލުކުރަން އެހީތެރިވެދޭނެ ކަމަށެވެ.

ޓެގްސް: ސޯޝަލްމީޑިއާ ތްރެޑްސް އެޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.