މިޔަންމާ/ބަރުމާގެ ޑިމޮކްރެސީ ޗެމްޕިއަން އަންގ ސަން ސޫކީ

ދުނިޔެ

ސޫކީ ސިއްޙީ ޙާލަތު ގޯސް، އަވަސް ފަރުވާއަށް ބަރުމާ ސަރުކާރުން އިންކާރުކޮށްފި

އަލީ އަޒްޔަން - އޭޝިއާ | 6 ސެޕްޓެންބަރ 2023 , ބުދަ 13:23   410

މިޔަންމާ ސަރުކާރުން ޖަލަށްލާފައިވާ، ކުރީގެ ލީޑަރު، އަދި ޑިމޮކްރެސީ ޗެމްޕިއަން އަންގް ސަން ސޫކީގެ ސިއްހީ ހާލަތު ގޯސްވި ނަމަވެސް ބޭސްފަރުވާއަށް އިންކާރު ކުރަމުންދާ ކަމަށް އޭނާގެ ދަރިފުޅު ބުނެފި އެވެ.

އޭނާގެ ދަރިފުޅު، ކިމް އަރިސް، ވިދާޅުވީ އެގައުމުގައި ވެރިކަންކުރާ ޖުންޓާއިން އޭނާގެ މަންމައަށް "އަވަސް ފަރުވާ" ހޯދުމަށް ޖަލުގެ ކަމާބެހޭ ފަރާތްތަކުން އެދުމުން އެކަން ހުއްޓުވާފައިވާ ކަމަށެވެ.

މިމައްސަލައަށް އަހުލުވެރި މަސްދަރުތަކުން މީޑިއާތަކަށް މަޢްލޫމާތު ދީފައިވާގޮތުގައި އުމުރުން 78 އަހަރުގެ އޭނާގެ މަންމަ ވަރަށް ބޮޑަށް ދަތް ރިއްސުމުގެ ސަބަބުން ކާން ވެސް ދަތިވެފައިވާކަމަށެވެ.

ނަމަވެސް ޖުންޓާގެ ތަރުޖަމާނަކު ވިދާޅުވީ ސޫކީގެ ސިއްހަތު ރަނގަޅު ކަމަށާއި އަސްކަރީ އަދި މަދަނީ ޑޮކްޓަރުންގެ ފަރާތުން ޗެކްއަޕްތައް ހަދަމުންދާ ކަމަށެވެ.

ސޫކީ ބަންދުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަސްކަރީ ބަޣާވާތަކުން ވެރިކަމުން ދުރުކުރި ދުވަހުން ފެށިގެންނެވެ. ޖުލައި މަހު ޖަލުން ބަރުމާގެ ވެރިރަށް ނައި ޕި ޓާވްގައި ގޭބަންދަށް ބަދަލުކުރި ނަމަވެސް އެ ސިޓީގެ ކޮންތަނެއްގައި އޭނާ ބަންދުކޮށްފައި ހުރި ކަމެއް ސާފެއް ނުވެ އެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ އުމުރުން 46 އަހަރުގެ އޭނާގެ ދަރިފުޅު ބުނީ އޭނާގެ މަންމަގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ހޮޑުލާ ކަމަށާއި "ވަރަށް ބޮޑަށް ބޯއެނބުރުން" ތަހައްމަލު ކުރަމުން އަންނަ ކަމަށެވެ.

"އެހާ ވޭންދެނިވި. ދަތްދޮޅީގައި ރިއްސައި ކާން އުނދަނގޫވާ ކޮންމެ މީހަކަށް ވެސް އެކަށީގެންވާ ފަރުވާއެއް ނުލިބިއްޖެ ނަމަ މުޅި ސިއްހަތަށް ނުރައްކާވާކަން ސާފު." އޭނާ ވިދާޅުވިއެވެ.

މިޔަންމާގެ އަރުވާލެވިފައިވާ ނޭޝަނަލް ޔުނިޓީ ސަރުކާރު - އެގައުމުގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ކޯލިޝަނަކުން - ވަނީ ސޫކީ ފަދަ ސިޔާސީ ބަންދު މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް "ޖުންޓާ ސަރުކާރަށް ޕްރެޝަރު" ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

ޓެގްސް: މިޔަންމާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.