ބުދަ ދުވަހުގެ ރަޝިއާގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން

ދުނިޔެ

ހުޅަނގާއި މެދު ޢަދާވާތްތެރިވުމުގައި ޕޫޓިން އާއި ކިމް އެއްގަލަކަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 14 ސެޕްޓެންބަރ 2023 , ބުރާސްފަތި 12:52   371

އުތުރު ކޮރެއާގެ ލީޑަރު ޖޮންގް އުން ރަޝިޔާއަށް ވަޑައިގަތީ ދެ ގައުމުގެ އަސްކަރީ އެއްބާރުލުން އިތުރުވެދާނެ ކަމަށް ބެލެވޭ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވުމަށެވެ.

ޔޫކްރޭންގައި ކުރާ ހަނގުރާމައަށް އުތުރު ކޮރެއާއިން މޮސްކޯއަށް އިތުރު ހަތިޔާރު ފޮނުވާނެ ކަމަށް ޝައްކު ކުރެވޭ ދަނޑިވަޅެއްގައި ދެ ލީޑަރުން ގުޅުމުގެ އަޑު ވަނީ ގަދަވެފައެވެ.

ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ އަނިޔާވެރި ހަނގުރާމައިގެ 19 މަސް ދުވަހުގެ މުނާސަބަތާ ގާތްވެފައިވާއިރު، ކިމް ރަޝިޔާ އަށް ދަތުރުކޮށްފައިވަނީ ހަނގުރާމައިގެ މައިދާނަށް އިތުރު ވަޒަނާއި އަސްކަރީ ސާމާނު ބޭނުންވެގެންކަމަށް ރިޕޯޓްތައް ބުނެއެވެ.

އުތުރު ކޮރެއާ ބޭނުންވަނީ ކާނާއާއި ތެލާއި ފައިސާ ހޯދުމަށް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނާއިރު، މިސައިލް އަދި ސެޓެލައިޓް ޕްރޮގްރާމްތަކަށް ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދުމާއި، ސޯވިއެޓް ޒަމާނުގެ މުސްކުޅި، ސޯވިއެޓް ޒަމާނުގެ އަސްކަރީ އަދި މަދަނީ މަތިންދާބޯޓުތަކުގެ ބައިތައް ވެސް ހޯދާނެކަމަށް ބެލެވެއެވެ.

ދެ ލީޑަރުންގެ ބައްދަލުވުންތަކަށް ފަހު، ކޮމްސޮމޮލްސްކް އޮން އަމޫރުގެ އޭވިއޭޝަން ފެކްޓްރީތަކާއި ވްލަޑިވޮސްޓޮކްގެ ނޭވަލް ފެސިލިޓީތަކަށް ގެންދާނެއެވެ. މަދުން ނޫނީ ކިމް ބޭރުގެ ދަތުރެއް ނުފެންނަ އިރު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން، އެއްވެސް ޑީލެއް އެއްބަސްވެފައިވާ ކަމެއް ސާފެއް ނުވެއެވެ .

ކިމްގެ އަކީ، އެކަހެރި، ބަލިކަށި އަދި އުނދަގޫ ބައިވެރިއެއްގެ ގޮތުގައި ސިފަވާ ތާރީހެއް އޮތް ނަމަވެސް، މީގެ ކުރިން މޮސްކޯއިން ވަނީ އެގައުމުގެ ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމާ މެދު ސަމާލުކަން ދީފަ އެވެ.

ޓެގްސް: ރަޝިއާ ނޯތް ކޮރެއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.