އިންޑިއާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޮޑީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން

ވިޔަފާރި

އެމެރިކާ އިން އިންޑިއާ އާއިއެކު ޑިފެންސް އަދި ޓެކް ދާއިރާއިން އެއްބާރުލުން ދޭނެކަން ޔަޤީންކޮށްދެއްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 ސެޕްޓެންބަރ 2023 , ބުރާސްފަތި 15:34   555

ޖީ20 ސަމިޓަށް ނިއުދިއްލީގައި ފޭބިތާ މާގިނައިރުތަކެއް ނުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އިންޑިއާގެ ޕީއެމް ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައި ގަޑިއެއްހާއިރުގެ މަޝްވަރާތަކެއް ބާއްވާފައެވެ.

މިއީ ޖޯ ބައިޑެން އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ދެ ލީޑަރުން ނެރުނު ބަޔާނެއްގައި ސެމީކޮންޑަކްޓަރ ޗިޕްތަކުން ފެށިގެން ނިއުކްލިއާ ހަކަތައާ ހަމައަށް އެއްބާރުލުން ދޭކަން އަލުން ކަށަވަރުކޮށްދެއްވިއެވެ. އަދި އިންޑިއާ އަސްކަރިއްޔާގެ ޖާސޫސީ ގާބިލްކަމާއި ސަވައިލެންސްގެ ގާބިލްކަން އިތުރުވާނެ ކަމަށް ދެ ގައުމުން ބުނި ޖެނެރަލް އެޓޮމިކްސް އެމްކިޔު-9ބީ 31 ޑްރޯން ހޯދުމަށް ނިއުދިއްލީން އެދުމުން ވެސް ބައިޑަން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

އޭނާގެ ފަރާތުން އެކްސް [ޓްވިޓާ] ގައި ބައިޑަން ބުނެފައިވަނީ "ހެލޯ، ދިއްލީ! އިންޑިއާގައި ހުރުމަކީ ވަރަށް ބޮޑު ކަމެއް" ކަމަށެވެ.

އިންޑިއާ އާއި އެމެރިކާގެ ޕާޓްނަޝިޕަކީ ހަމައެކަނި ދެގައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަމެއް ނޫން ކަމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވިއެވެ .

އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮތް ގާތް އަދި ދެމިއޮންނަ ޕާޓްނަޝިޕް އަލުން ކަށަވަރުކޮށްދެއްވަމުން ބޮޑުވަޒީރު މޯދީ ވަނީ އެމެރިކާގެ ރައީސް ޖޯސެފް އާރް ބައިޑަން ޖޫނިއާ އިންޑިއާއަށް މިއަދު މަރުހަބާ ވިދާޅުވެފަ އެވެ. ބޮޑުވަޒީރު މޯދީގެ ތާރީހީ، ޖޫން 2023 ގައި ވޮޝިންޓަނަށް ކުރެއްވި ދަތުރުފުޅުގެ ބިންގާ އަޅާ ކާމިޔާބީތައް ތަންފީޒު ކުރުމަށް ކުރިއަށްދާ ބޮޑެތި ކުރިއެރުންތަކަށް ލީޑަރުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޓެގްސް: އިންޑިއާ އެމެރިކާ ޖޯބައިޑެން ނަރެންދްރަ މޮދީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.